Last Updated: May 8, 06:04
Wednesday, May 8, 2024
ޚަބަރު

ގުރައިދޫގައި އިތުރު ބިދޭސީއަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލައިފި

ތ. ގުރައިދޫގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނިކޮށް އިތުރު ބިދޭސީއެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލައިފިއެވެ.

ގުރައިދޫގައި ދިރިއުޅޭ ބިދޭސީންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ރޭ މަރާލާފައިވަނީ އެރަށު ފިހާރައެއްގައި މަސައްކަތް ކުރާ ސަލީމު ނަމަކަށް ކިޔާ މީހެކެވެ. އެމީހާ މަރާލާފައިއޮތްވާ ފެނުނީ އެރަށު ސިނާއީ ސަރަހައްދުންނެވެ.

ގުރައިދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވީ ރޭ ފަތިހު 3 ޖަހާކަށްހާ އިރު އިތުރު ބިދޭސީއެއް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން ސިއްހީ މަރުކަޒަށް ގެނެސް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެމީހާގެ ބޮލަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ އިރު އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ސިއްހީ މަރުކަޒުން ބުނެއެވެ.

ގުރައިދޫގައި ބިދޭސީންގެ މެދުގައި ހިނގަމުން އަންނަ މާރާމާރީ އާއި ގުޅިގެން ފުލުހުން އަދި މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކައެވެ. ނަމަވެސް ބިދޭސީ މަރާލި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ދަނީ އެރަށުގައި ހަރަކާތްތެރިވަމުންނެވެ.