Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

ބަލިން ރަނގަޅުވި މީހުންގެ އަދަދު 109 އަށް

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ފަސް މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކުރެއްވީ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެވެ.

މި ފަސް މީހުންނާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 109 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1274 އަށް އަރާފައެވެ. 109 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 11 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ހަތަރު މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ އެކެވެ.