Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

ޗައިނާގެ ކޯވިޑް-19 ވެކްސިން އިން އުންމީދީ ނަތީޖާތަކެއް!

ކޯވިޑް-19 އަށް ޗައިނާ އިން ހަދަމުން އަންނަ ވެކްސިން އިން އުންމީދީ ނަތީޖާތަކެއް ދައްކައިފިއެވެ.

އެގޮތުން، އިންސާނުންނަށް ވެކްސިންދީގެން ހަދަމުން އައި ފޭސް 1ގެ ނަތީޖާތައް މިހާރު ވަނީ އާންމުކޮށް ފެންނަން ހުންނާނެ ހެން ޝާްއިރުކުރެވިފައެވެ. ދަ ލެންސެޓް ނަަމަކަށް ކިޔާ، އިނގިރޭސިވިލާތުގެ އިތުބާރު ހިފޭ މެޑިކަލް ޖަރނަލް އެއްގައި މި ވެކްސިން ސިފަކޮށްފައި ވަނީ ރައްކާތެރި، ދިފާއީ ނިޒާމުގެ މަސައްކަތް އަވަހަށް ފައްޓުވާ ވެކްސިންއެއްގެ ގޮތުގައެވެ.

ވެކްސިންގެ ފުރަތަމަ ފޭސް ވަނީ 108 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ބައިވެރިން ވަނީ 3 ބަޔަކަށް ބަހާލައި، ކޮންމެ ބަޔަކަށްވެސް ވެކްސިންގެ ވަކި ޑޯޒެއް ދީފައެވެ.

މިވެކްސިން އަކީ "ރިކޮމްބިނެންޓް އެޑެނޯވައިރަސް ޓައިޕް-5 ވެކްޓަރޑް" (އެޑް5-އެންކޮވް) ގެ ގޮތުގައި ކްލެސިފައި ކުރެވިފައިވާ ވެކްސިންއެކެވެ. އެގޮތުން މި ވެކްސިން ގުދުރަތީ އިންފެކްޝަނެއްގެ ގޮތުގައި މަސައްކަތްކޮށް، ހަށިގަނޑުގެ ދިފާއީ ނިޒާމަށް ވައިރަސް އާއި ދެކޮޅަށް މަސައްކަތް ކުރުމަށް ދަސްކޮށްވިނުމުގައި ވަރަށް ކާމިޔާބެވެ.

ނަތީޖާތައް ދައްކާ ގޮތުން، އިންޖެކްޝަން ޖަހާތާ ދެ ހަފްތާގެ ތެރޭގައި ހަށިގަނޑުގައި އެންޓިބޮޑީ އުފެދެން ފަށައެވެ. އަދި އޭގެ އެންމެ ޕީކަށް ދަނީ 28 ވަނަ ދުވަހުގައެވެ. އަދި މި 28 ދުވަހުގެ ތެރޭގައި ހަށިގަނޑަށް އެ ވެކްސިންގެ ސަބަބުން ކުރާ އަސަރު ބަރުދާސްތު ކުރެވެއެވެ. މާނަ އަކީ އެއްވެސް ސީރިއަސް ރިއެކްޝަނެއް ނުހިނގައެވެ.

މި ވެކްސިނަކީ އެކެޑަމީ އޮފް މިލިޓަރީ މެޑިކަލް ސައެންސެސް ގެ ބަޔޮލޮޖީ ޕްރޮފެސަރ އަދި ޗައިނާގެ އެކެޑެމީ އޮފް އެނޖިނިއަރިންގ ގެ މެމްބަރެއް ކަމުގައިވާ ޗެން ވެއި އިސްކޮށް ހުރެގެން ހިންގާ ޓީމެއްގެ މަސައްކަތެވެ.

ވެކްސިންގެ ފޭސް 2 މިހާރު ދަނީ ފެށިގެން ކުރިއަށެވެ. މި ފޭސްގައި 508 ބައިވެރިން ހިމެނެއެވެ.