Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ބިމު ކުލިތަކުން ސަރުކާރަށް މިއަހަރު ލިބޭނެ ކަމަށް ލަފާކުރަނީ 800 މިލިއަން

މާލޭ އިންޑަސްޓްރިއަލް ވިލެޖް - ފޮޓޯ: ގޫގުލް

އަމިއްލަ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ބިމު ކުލިން މިއަހަރު ސަރުކާރަށް ލިބޭނެ ކަމަށް ލަފާ ކުރެވެނީ 800 މިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ބިމު ކުއްޔަކީ ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ވަސީލަތް ކަމަށެވެ. މި އަހަރުގެ 1.7 ބިލިއަން ރުފިިޔާ ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާ ކުރި ކަމަށާއި އެކަމަކު މިހާރު ބަލަނީ ބިމު ކުލީގެ ގޮތުގައި 800 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަމީރު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިމު ކުލި ފަސްކޮށްދޭއިރު އެ ފައިސާއަކީ އަންނަ އަހަރުގެ ތެރޭގައި ލިބޭނެ އެއްޗެއް ކަމަށެވެ.

ދާދިފަހުން ގައުމާ މުހާތަބު ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19 ގެ ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

"އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް" ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށާއި އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.