Last Updated: April 26, 14:54
Friday, April 26, 2024
ޚަބަރު

ބަންގްލަދޭޝްގެ އިތުރު 350 މީހަކު ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 350 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާލާފައިވަނީ މޯލްޑިވިއަންގެ ދެ ފްލައިޓެއްގައެވެ. އެގޮތުން ބަންގްލަދޭޝްގެ ޑާކާއަށް ދިޔަ ފުރަތަމަ ފްލައިޓްގައި 198 މީހުން ދަތުރުކޮށްފައިވާ ކަމަށާއި އަދި ދެވަނަ ފްލައިޓުގައި 152 މީހަކު ދަތުރުކޮށްފައިވާ ކަމަށް މޯލްޑިވިއަން އިން ބުނެއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 1000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު ރާއްޖެއިން ފުރާފައިވާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑަށް ބޮޑުވެފައިވަނީ ވެސް ބިދޭސީންގެ މެދުގައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 1274 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 822 މީހުންނަކީ ބިދޭސީންނެވެ.

ބިދޭސީންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން އެގައުމުގެ 661 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.