Last Updated: April 23, 23:56
Tuesday, April 23, 2024
ޚަބަރު

މެމްބަރުން ކުރައްވާ މަސައްކަތްތަކަކީ ރައްޔިތުންނަށް ދެވޭ އީދު ހަދިޔާއެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބުރަކޮށް ކުރައްވާ މަސައްކަތަކީ ރައްޔިތުންނަށް ދެވޭ އީދު ހަދިޔާއެއް ކަމަށް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ފިތުރު އީދު ދުވަހުގެ ތަހުނިޔާ އަދާކުރައްވާ އާންމުކުރެއްވި ވީޑިއޯއެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ މަޖިލިސް ހިންގެވުމަށް މެމްބަރުން ވަގުތު ދެއްވައި ކުރައްވާ މަސައްކަތްތަކަކީ މި އީދުގައި ރައްޔިތުންނަށް ދެވޭ ތަހުނިޔާ އަކާއި އަދި ހަދިޔާއެއް ކަމަށެވެ.

"ތިޔަ އިއްޒަތްތެރި މެމްބަރުން ވަގުތު ދެއްވައި، ސާބިތުކަމާއެކީގައި ނުކުންނަވާ ތިޔަ ކުރައްވާ މަސައްކަތްތަށް، މި މަޖިލިސް ހިންގުމުގައި ތިޔަ ދެއްވާ އެއްބާރުލުން، އެއީ އަޅުގަނޑު ދެކޭ ގޮތުގައި މިއަދު މި ރާއްޖޭގެ ރައްޔިތުންނަށް ދެވޭ އީދުގެ ތަހުނިޔާ އަދި އީދުގެ ހަދިޔާއެއް" ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ނަޝީދު ވަނީ މަޖިލީހުގެ އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވާ މަސައްކަތްތަށް ޝުކުރު އަދާކުރައްވާފައެވެ.

އީދު ބަންދުގައި ވެސް މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.