Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ފުވައްމުލަކުން 100 މީހެއްގެ ސާމްޕަލް ނަގަނީ

ފުވައްމުލަކު ސިޓީގެ މަންޒަރެއް މަތިން ނަގާފައި - ފޮޓޯ: ގޫގުލް

ފުވައްމުލައް ސިޓީގައި ކޮވިޑް-19 ފެތުރޭތޯ ބެލުމަށްޓަކައި ލެބޯޓްރީ ޓެސްޓު ހެދުމަށް ސާމްޕަލް ނެގުމުގެ މަސައްކަތް ފުވައްމުލައް ހޮސްޕިޓަލުގެ ކޮވިޑް "ރެޕިޑް ރެސްޕޮންސް ޓީމު" (އާރ. އާރ. ޓީ)ން މިއަދު ފަށައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ބުނީ ސާމްޕަލް ނެގުމަށްޓަކައި ހޮސްޕިޓަލުގައާއި ރަށުގެ އެކި އެކި ދިމަދިމާގައި އާރއާރޓީ ހަރަކާތްތެރިވެ، ބައެއް ގޭގެއަށް ޒިޔާރަތް ކުރާނެ ކަމަށެވެ.

އެގޮތުން އެ ސިޓީން 100 މީހެއްގެ ސާމްޕަލް ނަގާގޮތަށް ހަމަޖެހިފައިވާ ކަމަށާއި ސާމްޕަލް ނެގުމަށްޓަކައި ފިހާރަތަކާއި ހޮޓާ/ ރެސްޓޯރަންޓް ފަދަ ތަންތަނަށް ޒިޔާރަތްކޮށް އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ ސާމްޕަލްވެސް ނަގާނެ ކަމަށް ކައުންސިލުން ބުނެއެވެ. ސާމްޕަލް ނެގުމަށް ހަމަޖެހިފައިވަނީ އެކި އުމުރުފުރާގެ މީހުން ހިމެނޭ ގޮތަށެވެ.

ސިޓީ ކައުންސިލުން ވަނީ މިކަމުގައި ރައްޔިތުންނާއި އެ ސިޓީގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އެދިފައެވެ.

ރާއްޖެއިން މިހާތަނަށް 1438 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 232 މީހަކު ބަލިން ރަނގަޅުވެ، ފަސް މީހަކު ވަނީ މަރުވެފައެވެ.