Last Updated: April 19, 16:50
Friday, April 19, 2024
ރިޕޯޓް

ފުރަބަންދަށް ލުޔެއް: ކަށިބިޑިން ބިޑިއަށް

ފުރަބަންދަށް ލުޔެއް ދިން ގޮތުގެ ވާހަކަ އަޑުއިވުމުން ހީވީ ކަށިބިޑިން، އާދައިގެ ބިޑިއަށް ބަދަލުކުރިހެންނެވެ.
ކަށިބިޑީގެ ވޭން އިންތިހާއަށް ބޮޑެވެ. އެއީ ހަމަ އެންމެ ބޮޑު ފުރަބަންދެވެ. އެއީ ހަމަ ފުރަބަންދެއްގެ ވޭނެވެ. ހިރުވިޔަސް ވޭނެވެ. ހެލިލިޔަސް ވޭނެވެ.

ފުރަބަންދަށް ލުޔެއް ދިނުން ކިހާ ފައްކާ ހެއްޔެވެ؟

ޔުނިވަސިޓީތަކާއި ކޮލެޖުތަކުން އޮންލައިންކޮށް ކިޔެވޭގޮތް ވެއްޖެއެވެ.
މަގޭ ހިތަށް އެރި. "ފުރަބަންދުގައި ތިބި އިރު ޔުނިވަސިޓީތަކާއި ކޮލެޖުތަކުން އޮންލައިންކޮށް ކިޔެވޭގޮތް ނެހެދީ ކީއްވެގެން؟ ކޮން ސަބަބަކާހެދި؟ އެކަން ނުކުރީ ކޮން ނުރައްކަލެއް ގައުމަށް ދިމާވެދާނެތީ؟"

ފުރަބަންދަށް ލުއިދިނަސް ގޭގައި ތިބި އެންމެންނަށް ބޭރަށް ނިކުތުމުގެ ހުއްދައެއް ނުލިބެއެވެ. ދުވަން ދިއުމުގެ ހުއްދައެއް ނުލިބެއެވެ. ސައިހޮޓާތަކާއި ރެސްޓޯރެންޓުތަކެއް ނުހުޅުވެއެވެ. ކޮފީއަކަށް ޖައްސައެއް ނުލެވޭނެއެވެ. ރައްޔިތުންނަށް ޚިދުމަތް ދޭން އޮފީސްތަކެއް ނުހުޅުވައެވެ. "ދެން މީކޮންކަހަލަ ލުޔެއް؟"

ފުރަބަންދަށް ލުޔެއް ދިނުން ކިހާ ފައްކާ ހެއްޔެވެ؟

ފުރަބަންދުގައި އޯޑަރު ދިނުމުން މަސްދޯނިފަހަރުން ގޭގެއަށް މަސްގެންގޮސް ދިނެވެ.
ފުރަބަންދަށް ދިން ލުޔަކީ މަސް މާރުކޭޓު ހުޅުވުމެވެ.
މަސްމާރުކޭޓާއި މަސް ދޯނިފަހަރާދެމެދު 50 ފޫޓުގެ ދުރުމިނެއް ނެތެވެ.
ރޯދަމަހު ބައެއް ފިހާރަތަކުން ކަންނެލި ކިލޯއެއް ވިއްކީ 100ރ އަށެވެ.
"މަސްމާރުކޭޓު ރޯދަމަހު ހުޅުވިނަމަ ރައްޔިތުންނަށް ކިހާ ޚަރަދު ކުޑަވީސް!"

ފުރަބަންދަށް ލުޔެއް ދިނުމުގެ ކުރިން ވެސް ފުރަމާލޭގައި ނަމާދަށް މިސްކިތަކަށް ނުދެވެއެވެ.
ފުރަބަންދަށް ލުޔެއް ދިނުމުން ވެސް، މިސްކިތުގައި ނަމާދެއް ނުކުރެވެއެވެ.
ފުރަބަންދަށް ލުޔެއް ދިނުމުގެ ކުރިން ވެސް، އެއްރަށުން އަނެއް ރަށަކަށް ނުދެވެއެވެ.
ފުރަބަންދަށް ލުޔެއް ދިނުމުން ވެސް އެއްރަށުން އަނެއް ރަށަށް ދިއުމުގެ ހުއްދައެއް ނެތެވެ.
"މީ ކިހިނެއް ދީގެން އުޅޭ ލުޔެއް؟"

ފުރަބަންދަށް ލުޔެއް ދިނުމުން ހީވީ ކަށިބިޑިން ބިޑިއަށް ބަދަލުވީހެންނެވެ. ކަށިބިޑި ނައްޓައި އެހެންތަނެއްގައި ބިޑިއެޅުވިހެންނެވެ.

ރައްޔިތުންނަށް ސަރުކާރުން އަޅާ ފިޔަވަޅުތަކެއް ނުވިސްނޭނެއެވެ. ބޮލަށް ވައްދަން ނުވެސް އުޅޭނެއެވެ.

"ދެން ރައްޔިތުންނަށް ސަރުކާރު ކަމުދާނީ ކިހިނެއް؟"

ސަރުކާރުން ރައްޔިތުންގެ ވޭނާއި އިހުސާސު ބަލާކަށް ނުވެސް އުޅޭނެއެވެ.
"ދެން ފަހެ މައްސަލަތައް، ހައްލު ކުރާނީ ވެސް ކިހިނެއް؟"

ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ ކޮވިޑާއެކު އެހެން ގައުމުތަކުން ފެނުނީ އެކުވެރިވެ ގުޅުންބަދަހިވެގެން ދިޔަ މަންޒަރުކަމަށެވެ. ރާއްޖެއިން މިފެންނަނީ ރުޅިވެރިކަމާއި ނަފުރަތު އަދި ބައިބައިވުން އިތުރުވަމުންދާ މަންޒަރެވެ.
ފުރަބަންދަކުން، ކަށިބިޑިއަކުން ހުރިހާކަމެއް ހައްލެއް ނުވާނެއެވެ.