Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ނާސާ އެސްޓްރޮނޯޓުން ޖައްވަށް

ޓެކް ކުންފުނި ސްޕޭސް އެކްސްގެ ރޮކެޓް 'ކްރޫ ޑްރެގަން' ނާސާގެ ދެ އެސްޓްރޮނޯޓުންނާއެކު ޖައްވަށް ކުރި ދަތުރު ކާމިޔާބުކޮށްފިއެވެ.

މިއީ 9 އަހަރު ތެރޭ އެމެރިކާ އެސްޓްރޮނޯޓުން އެމެރިކާ އިން ޖައްވަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އަދި ދުނިޔޭގެ ތާރީޚުގައި ވެސް އަމިއްލަ ކުންފުންޏެއްގެ އުޅަނދެއްގައި އިންސާނުން ޖައްވަށް ދިޔަ ފުރަތަމަ ފަހަރެވެ.

ރޭ ރާއްޖެ ގަޑިން 12:22 ގައި ސްޕޭސް އެކްސްގެ ފަލްކަން 9 ގައި ދުނިޔޭގެ ފަސްގަނޑުން ރޮކެޓު ވަނީ ނައްޓާލާފައެވެ. އެސްޓްރޮނޯޓުން ޖައްވުގައި ހުރި އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް(އައިއެސްއެސް) ގެންދާނީ "ކްރޫ ޑްރެގަން" ކާގޯ ސްޕޭސްކްރާފްޓެވެ.

އެސްޓްރޮނޯޓުންނަށް އައިއެސްއެސް އަށް ފޯރާނެ ކަމަށް ބެލެވެނީ މިރޭ ރާއްޖެ ގަޑިން 7:29 އެހާކަށްހާއިރެވެ.

މި މިޝަނަކީ މިދިޔަ ބުދަ ދުވަހު ބާއްވަން އޮތް މިޝަނެކެވެ. ނަމަވެސް އެދުވަހު މޫސުން ތަން ނުދިނުމުގެ ސަބަބުން ވަނީ އިއްޔެއަށް ފަސްކޮށްފައެވެ. ނާސާ އެސްޓްރޮނޯޓުން ޖައްވުގައި 30 ދުވަހާއި 119 ދުވަހާ ދެމެދުގެ އަދަދުގެ ވަގުތެއް ހޭދަ ކުރާނެއެވެ. މިމުއްދަތު ކަނޑައަޅާނީ ނާސާގެ ވެރިންނެވެ.