Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިތުރު 47 މީހަކު ބަލިން ރަނގަޅުވެއްޖެ

ކޮވިޑްގެ ކަންކަމުގައި އުޅޭ ފަރާތްތަކެއް - ފޮޓޯ: ހެލްތު މިނިސްޓްރީ

ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު 47 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެވެ.

މި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެ، ރަނގަޅުވި މީހުންގެ އަދަދު މިހާރު ވަނީ 453 އަށް އަރާފައެވެ. ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި ގިނައިން ހިމެނެނީ ދިވެހިންނެވެ.

ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. 453 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އަދި ފަސް މީހަކު ވަނީ މަރުވެފައެވެ. މަރުވެފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ދެ ބިދޭސީ އެކެވެ.