Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

އިތުރު 101 މީހަކު ޕޮޒިޓިވް، ޖުމްލަ އަދަދު 1773 އަށް

ރާއްޖެއިން އިތުރު 101 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއް އެންއީއޯސީގެ ތަރުޖަމާނު މަބްރޫކް އަޒީޒް އެވެ.

މިއަދު ފެނުނު 101 މީހުންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝް އަށް ނިސްބަތްވާ 72 މީހުން އަދި އިންޑިޔާއަށް ނިސްބަތްވާ 21 މީހުންގެ އިތުރުން 8 ދިވެހިންނެވެ.

އެގޮތުން މި 101 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 1773 އަށް އަރާފައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 453 މީހުން ރަނގަޅުވެފައިވާއިރު ފަސް މީހަކު ވަނީ މަރުވެފައެވެ. އަދި 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.

ގިނަ އަދަދެއްގެ ބަޔަކު މި ބައްޔަށް ރެއިން ފެށިގެން މިއަދު އިރުއޮއްސި 6 ޖެހުމާ ހަމައަށް ޕޮޒިޓިވް ވެފައިވާއިރު، ޓެސްޓު ކުރުމުގެ ކަންކަން މިހާރު އަންނަނީ ތިން ތަނެއްގައި ކުރަމުންނެވެ. އެއީ އައިޖީއެމްއެޗާއި، ފުލުހުންގެ ލެބްގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގައެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 476 ސާމްޕަލް ނަގާފައިވާއިރު، 502 ސާމްޕަލެއްގެ ނަތީޖާ އަދި ލިބިފައެއް ނުވެއެވެ.