Last Updated: April 26, 11:19
Friday, April 26, 2024
މުނިފޫހިފިލުވުން

މިއުޒިކް ކޮމްޕޯސަރ ވާޖިދު ޚާން ކޮވިޑް 19 ޖެހިގެން މަރުވެއްޖެ

ބޮލީވުޑް އިންޑަސްޓްރީގައި މަޝްހޫރު މިއުޒިކް ކޮމްޕޯސަރެއް ކަމަށްވާ ވާޖިދު ޚާން ކޮވިޑް 19 ޖެހިގެން މަރުވެއްޖެއެވެ.

ސާޖިދުއާއި ވާޖިދު އަކީ ދެބެއިން އެކުގައި މިއުޒިކް ކޮމްޕޯސްކުރަމުން އަންނަ ދެ ފަންނާނުންނެވެ. އުމުރުން 43 އަހަރުގައި ކޮވިޑް 19 އާއި ހަނގުރާމަކޮށް ވާޖިދު މި ދުނިޔެއަށް އަލްވަދާޢު ކިޔާފައިވަނީ މިއަދު މީގެ އިރުކޮޅެއް ކުރިންނެވެ.

މި ޚަބަރު މީޑިއާއާއި އެކި ފިލްމީ ފަންނާނުން ދަނީ ހިއްސާކޮށް އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ. މި ޚަބަރަކީ ގަބޫލުކުރަން ދަތި ޚަބަރެއް ކަމަށް ވެސް ބައެއް ތަރިން ދަނީ ބުނަމުންނެވެ. މަޝްހޫރު ފިލްމީ ތަރި ސަލްމާން ޚާންއަށް ދާދި ފަހުން ވެސް ސާޖިދު އަދި ވާޖިދު ވަނީ ދެ ލަވަ ކޮމްޕޯސް ކޮށްދީފައެވެ.

ސާޖިދު އަދި ވާޖިދު ލަވަކިޔާފައިވާ ފިލްމުތަކުގެ ތެރޭގައި ދަބަންގް، ވީރު، އޭކްތާ ޓައިގާ ފަދަ ފިލްމުތައް ހިމެނެއެވެ.

މި އަހަރު ވެގެން ގޮސްފައިވަނީ ބޮލީވުޑަށް ވަރަށް ހިތާމަވެރި އަހަރަކަށެވެ. ގާތްގާތުގައި މަޝްހޫރު ތަރިން ކަމަށްވާ ރިޝީ ކަޕޫރު އަދި އިރްފާން ޚާން ވެސް ވަނީ މި ދުނިޔެ ދޫކޮށްފައެވެ.