Last Updated: April 19, 13:47
Friday, April 19, 2024
ދުނިޔެ

ކޯވިޑް-19: އުއްމީދީ ފަރުވާއެއް ދެކުނު ކޮއިރާ ދެކުނު ކޮރެއާއިން ހޯދައިފި

Reuters

ދެކުނު ކޮރިއާ އިން ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ތައްޔާރު ކުރާ ސެލްޓްރިއޮން ބޭހުން އުންމީދީ ނަތީޖާތަކެއް ފެނިފައިވާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

އެގޮތުން މި ބޭސް އުފައްދާ ސެލްޓްރިއޮން އިންކް އިން ހާމަ ކުރި ގޮތުގައި މި ބޭހުގެ އެނިމަލް ޓެސްޓިންގ ނުވަތަ ޖަނަވާރުންނަށް މި ބޭސް ދީގެން ކުރާ ތަހުލީލު މަރުހަލާގައި، ޖަނަވާރުންގެ ހަށިގަނޑުތަކުން ވައިރަހުގެ ލޯޑު 100 ގުނަ ދަށް ކުރެވިފައިވެއެވެ.

އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުން، މި މަރުހަލާގައި ނޭފަތުން ފެން އައުން، ކެއްސުން އަދި ގައިގައި ރިއްސުން ފަދަ އަލާމާތްތަކަށް ބޭސް ކުރަން ފަށާ ފުރަތަމަ ދުވަހު ފަސޭހަ ތަކެއް ލިބެން ފަށައެވެ. އަދި 6 ދުވަސް ތެރޭގައި ފުއްޕާ މެއަށް ކުރާ އުނދަގޫތައް އެއްކޮށް ފަސޭހަވެގެން ދެއެވެ.

މިޑްލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޯމް (މަރސް) ގެ ތަހުލީލީ ތަޖުރިބާ ހުރި މި ކުންފުނީގެ ރިސަރޗް އެންޑް ޑިވެލޮޕްމެންޓް ޔުނިޓްގެ އިސްކޮށް ހުންނަ ކްވޮން ކި-ސަންގ ވިދާޅުވި ގޮތުގައި ޖުލައި މަހުގެ ތެރޭގައި އިންސާނުންނަށް މި ބޭސް ދީގެން ކުރާ ތަހުލީލާ މަރުހަލާ ފެށިގެން ދާނެއެވެ.

"ބޭސް ތައްޔާރު ކުރެވުމާއެކު، މި ތެރަޕިއުޓިކް އެންޓިބޮޑީ ފަރުވާ ފުޅާ ދާއިރާއެއްގައި އުފެއްދުމުގެ ޤާބިލިއްޔަތުކަން (ސެލްޓްރިއޮން)ގައި އެބަހުރި" ކަމަށްވެސް ސަނގ ވިދާޅުވިއެވެ.

މުޅި ދުނިޔެއަށް ބަލާއިރު 300،000 އަށް ވުރެ ގިނަ މީހުން ކޯވިޑް-19 ޖެހިގެން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި ދުނިޔޭގެ ބޮޑެތި ބޭސް އުފައްދާ ކުންފުނިތައް ދަނީ މި ބައްޔަށް ފަރުވާ ކުރެވޭނެ ބޭހެއް އުފެއްދުމުގެ މަސައްކަތް ކުރަމުންނެވެ