Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ކޮވިޑް ޖެހިގެން ރާއްޖެއިން ހަވަނަ މީހަކު މަރުވެއްޖެ

ޓްރީޓޮޕް ހޮސްޕިޓަލް - ފޮޓޯ: މޯލްޑިވްސް ޓައިމްސް

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ހަވަނަ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު މެންދުރު 2:30 ގައި މަރުވެފައިވަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ އުމުރުން 54 އަހަރުގެ ބަންގްލަދޭޝްގެ ފިރިހެނެއް ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގައި ހަ މީހަކު މަރުވެފައިވާއިރު، މީގެތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ތިން ބިދޭސީންނެވެ. ރާއްޖެއިން މަރުވި ދިވެހިންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އަދި ބިދޭސީން ނިސްބަތްވަނީ ބަންގްލަދޭޝް އަށެވެ.

ރާއްޖެއިން މިހާތަނަށް 1773 މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 453 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި 12 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.