Last Updated: May 8, 22:22
Wednesday, May 8, 2024
ޚަބަރު

އެންޑްރޮއިޑް ފޯނުތަކަށް ބުރޫއަރުވާލާ ފޮޓޯއެއް، ވަނީ ކިހިނެއް؟

އެންޑްރޮއިޑް ފޯނު ކްރޭޝްކޮށްލާ ފޮޓޯ -

ފާއިތުވި ހަފްތާގައި އެންޑްރޮއިޑް ބޭނުންކުރާ ގިނަ ބަޔަކަށް ހިތްގައިމު އިރުއޮއްސޭ މަންޒަރު ދައްކައިދޭ ފޮޓޯއެއް ލައްކަ ގިނަ ދުއްތުރާތަކެއް ކޮށްފިއެވެ.

މިފޮޓޯ ފޯނުގެ ވޯލްޕޭޕާއަށް ގެންދިއުމުން ކުއްލި ގޮތަކަށް ފޯނުގެ ސްރީން ނިވި، ޖެއްސި އެތައް އިރެއް ވެގެން ދެއެވެ. ފޯނުން އިތުރު ބޭނުމެއް މީގެ ސަބަބުން ނުކުރެވެއެވެ. ފޯނު ނިއްވާފައި އަލުން ޖެއްސުމުން ވެސް ހައްލެއް ނުލިބި، ފެކްޓްރީ ރީސެޓު ކުރަން ވެސް ޖެހިފައި އެބަ ތިއްބެވެ.

މި ފޮޓޯގެ ޝިކާރައަކަށް ވެފައިވާ ބްރޭންޑުތަކުގެ ތެރޭގައި ސެމްސަންގ އަދި ގޫގްލް ޕިކްސަލް، އިތުރު އެތައް ކުދި ބްރޭންޑުތަކާއެކު ހިމެނެއެވެ. ނަމަވެސް ހުއާވޭ 20 ޕްރޯއަށް މިމައްސަލަ ދިމާވެފައެއް ނުވެއެވެ.

މިމައްސަލަ ދިރާސާ ކުރުމަށް ފަހު ޑިވެލޮޕަރުން "ބީބީސީ" އަށް ކިޔާދީފައިވާ ގޮތުގައި ފޯނު ކްރޭޝް ވުމަށް ދިމާ ވަނީ ފޮޓޯގެ ކޮލިޓީ ވަރުގަދަ ކަމުން ފޯނުތަކަށް ރަނގަޅަށް ފޮޓޯ ޑިސްޕްލޭ ނުކުރެވޭތީ ކަމަށެވެ. ބައެއް ފޮޓޯތަކުގައި އާންމުކޮށް ފޮޓޯތަކުގައި ހުންނަ ވަރަށް ވުރެ ގިނަ ކުލަތައް ހުރުމުން ފޯނަށް އެ ދަނެނުގަނެވޭތީ ކްރޭޝް ވަނީ ކަމަށް ވެސް ޑިވެލޮޕަރުންނާ ހަވާލާދީ ބީބީސީ އިން ރިޕޯޓު ކުރެއެވެ.

މިމައްސަލަ ދިމާވަނީ ފޯނު ޑިވެލޮޕަރުން އެފަދަ ކަންކަމަށް ވިސްނާފައި ނެތުމުން ކަމަށް ވެސް އެމީހުން ބުނެފައިވެއެވެ.