Last Updated: April 20, 14:49
Saturday, April 20, 2024
މުނިފޫހިފިލުވުން

ޝާހު ރުޚު ޚާން އަނބިމީހާއަށްޓަކައި ފިލްމު ކުޅުން ހުއްޓާލަން އުޅުނު

ހިންދީ ފިލްމީ ދުނިޔޭގެ ކާމިޔާބު އަދި ހުނަރުވެރި ތަރި ޝާހު ރުޚު ޚާން ފިލްމުކުޅެން އަލަށް ފަށައިގަތް ދުވަސްވަރު އޭނާގެ އަނބިމީހާ ގޯރީގެ ލޯބީގައި ޖެހި މަރުވާވަރުވެގެން ފިލްމު ކުޅެން ހުއްޓާލަން ތައްޔާރުވިކަމަށް ބުނެފިއެވެ.

މަޖައްލާއަކަށް ދިން ބަސްދީގަތުމެއްގައި ޝާހު ބުންޏެވެ." މަދެކޭ ގޮތުގައި އަހަރެންގެ އެންމެ މުހިއްމު މީހަކީ އަހަރެންގެ އަނބިމީހާ. އަނބިމީހާއާއި އަހަރެންގެ ކެރިއަރާ ދޭތިން އެކަތި ހޮވާށޭ އަހަރެންގެ ގާތު މީހަކު ބުނެފިއްޔާ އަހަރެން ފިލްމު ކުޅުން ހުއްޓާލާނަން. އަހަރެން އަހަރެންގެ އަނބިމީހާއަށްޓަކައި މޮޔަވެދާނެ."

ޝާހުގެ އަންހެނުން ގޯރީއަކީ މޮޅު ޑިޒައިނަރެކެވެ. ހެދުމުގެ ވިޔަފާރިކުރާ ވިޔަފާރިވެރިއެކެވެ.

"އަހަރެންގެ ހުރިހާވެސް އެއްޗަކީ އަހަރެންގެ އަނބިމީހާ." ޝާހު އޭނާގެ ތިން ދަރިންގެ މަންމައާ ބެހޭ ގޮތުން ބުންޏެވެ. " އަހަރެން އޭނާދެކެ ލޯބިވޭ. އޭނާއަށް އަހަރެން އިހުތިރާމުކުރަން."

ގޯރީއަކީ ޝާހުގެ މައްޗަށް އިންތިހާއަށް ނުފޫޒު ހިންގާ، ކޫސަނި އަންހެނެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ މީހެކެވެ.
ކައިވެނީގެ ކުރިން ދެމީހުން ވަނީ ވަރަށް ގަދައަށް ލޯބީގެގޮތުން ގުޅި ބަނދެވިފައެވެ.

ޝާހުގެ ހަޔާތާ ބެހޭ ފޮތެއް ލިޔަމުންދާ އަނޫޕަމާ ޗޯޕްޅާ ޝާހު ރުޚު ޚާނަށް ބޮލީވުޑްގެ ރަސްގެފާނުގެ ލަގަބުދީ، ލިޔެފައި ވަނީ އެ ދެމީހުން ފުރަތަމަ ބައްދަލުވީ ފަތާ ފެންގަނޑެއްގެ ކައިރިންކަމަށެވެ.

ޝާހު ރުޚުގެ ފުރަތަމަ ފިލްމު "ދީވާނާ" 1991ގައި ދައްކަން ފެށުމުގެ ކުރިން ދެމީހުންގެ ކައިވެނީގެ ގޮށުން ބަނދެވުނެވެ. އެދުވަސްވަރު ޝާހުގެ ކައިވެނި ހުއްޓުވަން ޕްރޮޑިއުސަރަކު މަސައްކަތް ކުރިއެވެ. އެއީ ކައިވެނި ކޮށްގެން ހުރި ޒުވާނަކަށްވުރެ ކައިވެނި ނުކުރާ ޒުވާނެއްގެ ފިލްމު ގަދަޔަށް ހިނގާނޭކަމަށް ޕްރޮޑިއުސަރަށް ގަބޫލު ކުރެވޭތީއެވެ.

ޝާހު ގަބޫލުކުރާ ގޮތުގައި އޭނާ ހަގީގީ ތަރިއަކަށްވީ ކައިވެންޏަށް ފަހުގައެވެ. އޭނާގެ ނަސީބަކީ އަނބިމީހާ ގޯރީއެވެ.
މިއަދު ޝާހު ރުޚު ޚާނަކީ ހިންދީ ފިލްމީ ދުނިޔޭގެ އެންމެ ކާމިޔާބު އެންމެ ހުނަރުވެރި އެއް ފަންނާނެވެ.