Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

ޖޭއެސްސީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ / ސަން

ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު މައުސޫމް ސަސްޕެންޑުކޮށްފިއެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން ބުނީ މި ނިންމުން ނިންމާފައިވަނީ އޯޑިއޯ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ކަމަށެވެ.

އެގޮތުން މައުމޫން ފާޅުގައި ރިޝްވަތު ނަގާ ކަމަށް ސޯޝަލް މީޑިއާގައި ފެތުރެމުންދިޔަ ޕޯސްޓްތަކަކާއި ގުޅޭ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، އެ ނޫން ވެސް މައްސަލަތަކެއް މައުސޫމްއާ ގުޅޭގޮތުން އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ޖޭއެސްސީން ބުނެއެވެ.

އަދި ތަހުގީގު މިވަގުތު ކުރިއަށް ގޮސްފައިވާ ހިސާބަށް ރިއާޔަތްކޮށް، ތަހުގީގު ކޮމިޓީން މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް، ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން މައުސޫމް ވަޒީފާ އަށް ނުނިކުމެ 60 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް މަޑުކުރުމަށް އެންގުމަށް މިއަދުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށްވެސް ޖޭއެސްސީން ބުނެއެވެ.