Last Updated: April 26, 06:56
Friday, April 26, 2024
ޓެކްނޮލޮޖީ

ސޮނީ އިން ޕީއެސް 5 ދައްކާލައިފި

ސޮނީ އިން އެ ކުންފުނީގެ އާ ޕީއެސް 5 ދައްކާލައިފިއެވެ.

އެގޮތުނުން ސޮނީގެ ނެކްސްޓް ޖެނެރޭޝަން ގޭމިންގ ކޮންސޯލުގެ ދެ ވައްތަރެއް ވަނީ ދައްކާލާފައެވެ. ފުރަތަމަ ވައްތަރަކީ އެހެން ޕީއެސްގެ ގޭމުތައް ކުޅޭ ހެން ޑިސްކު ލައްވައިގެން ކުޅެވޭ ވައްތަރެކެވެ. އަދި އަނެއް ވައްތަރަކީ އިންޓަނެޓުން ގޭމުތައް ޑައުންލޯޑް ކޮށްގެން ކުޅެވޭ ޑިޖިޓަލް އެޑިޝަން އެކެވެ.

މި ގޭމިންގ ކޮންސޯލާ އެއްކޮށް، ސޮނީ އިން ވަނީ މީގައި ކުޅެވޭނެ ގޭމުތައް ވެސް ދައްކާލާފައެވެ. އެގޮތުން، ރެޒިޑެންޓް އީވިލް ވިލެޖު، ގްރޭންޑް ޓުރިސްމޯ 7، ރެޗެޓް & ކްލޭންކް: ރިފްޓް އެޕަރޓް، ހޮރައިޒަން 2: ފޯރބިޑެން ވެސްޓް ގެ އިތުރުން ސްޕައިޑަރ މޭން: މައިލްސް އެންޑް މޮރޭލްސް ފަދަ ގޭމު ތައް ހިމެނެއެވެ.

މިއާއެކު، އެކުންފުނިން ޕީއެސް 5 ގެ އެކިއެކި އެކްސެސަރީތައް ވެސް ވަނީ ދައްކާލާފައެވެ. މީގެ ތެރޭގައި، ވަޔަރ ލެސް ޗާޖަރ، ޑުއަލް ސެންސް ކޮންޓްރޯލަރ، އަދި މީޑިއާ ރިމޯޓް ކޮންޓްރޯލުގެ އިތުރުން 3-ޑީ ސަޕޯޓު ހެޑްފޯނުވެސް ހިމެނެއެވެ.

ސޮނީ އިން ޕީއެސް 5 ގެ އަގާއި، ލޯންޗު ކުރާނެ ތާރީޚެއް އަދި ހާމަ ކޮށްފައި ނުވެއެވެ. ނަމަވެސް އެކުންފުނިން ބުނާ ގޮތުގައި މި އަހަރު ނިމުމުގެ ކުރިން ޕީއެސް 5 ލޯންޗު ކުރެވިގެން ދާނެއެވެ.