Last Updated: April 26, 17:40
Friday, April 26, 2024
ވިޔަފާރި

ދިވެހި ރުފިޔާއިން ޓީޖީއެސްޓީ ދެއްކޭނެ ގޮތް ހަދައިފި

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) -- ސަންފޮޓޯ

ކޮވިޑް-19 އާއި ގުޅިގެން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ލުއިދިނުމުގެ ގޮތުން ޓީ.ޖީ.އެސް.ޓީ. ދިވެހި ރުފިޔާއިން ދެއްކޭނެ ގޮތް ފިނޭންސް މިނިސްޓްރީން ހަދައިފިއެވެ.

ފިނޭންސް މިނިސްޓްރީން މިގޮތަށް ނިންމާފައިވަނީ ކޯވިޑް19 ގެ ސަބަބުން ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކަށް ދިމާވެފައިވާ މާލީ ދަތިކަމާ ގުޅިގެން އެ ފަރާތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ.

މިގޮތުން މުދަލާއި ޙިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނުގެ 62 ވަނަ މާއްދާގެ (ށ) ގައި ވާގޮތުގެމަތިން 1 އެޕްރީލް އިން 30 ސެޕްޓެމްބަރު އާއި ދެމެދު ހިނގާ ޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދިވެހި ރުފިޔާއިން ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި މިގޮތަށް ޓީޖީއެސްޓީ ދިވެހި ރުފިޔާއިން ދެއްކޭނީ މީގެފަހުން މިޓެކްސް ނެގޭ މުއްދަތުތަކަށް ޓީޖީއެސްޓީގެ ގޮތުގައި ދައްކާ ފައިސާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އެހެންކަމުން ކަނޑައެޅިފައިވާ ސުންގަޑީގެ ނިޔަލަށް ޓެކްސް ދައްކާ ފަރާތްތަކުން މީރާ އަށް ޓީޖީއެސްޓީ ދައްކަމުން ގެންދިއުމަށް ފިނޭންސް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.