Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު

ރާއްޖޭގެ ފުރަތަމަ ވަރޗުއަލް ސްޓަރޑީ އެބްރޯޑް ފެއަރ މިއަދު ބާއްވަނީ

ރާއްޖޭގެ ފުރަތަމަ ވަރޗުއަލް ސްޓަޑީ އެބްރޯޑް ފެއަރ މިއަދު ބާއްވަން ހަމަޖައްސައިފިއެވެ.

މި ފެއަރ އަކީ ކިއު ސްޓަޑީގެ ފަރާތުން އިންތިޒާމު ކޮށްގެން، އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސަރވިސެސް (އީއެމްޖީއެސް) އާއި ގުޅިގެން ކުރިއަށް ގެންދާ ފެއަރ އެކެވެ. އަދި މި ފެއަރ ވަނީ ރާއްޖޭގެ މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން އެންޑޯސް ކޮށްފައެވެ. ކިއު ސްޓަޑީ އިން މައުލޫމާތު ދޭ ގޮތުގައި މި ފެއަރ ގައި މިނިސްޓްރީ ގެ ފަރާތުން ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެއަރގެ ތެރެއިން ޔުނިވަރސިޓީ އަށް އެޕްލިކޭޝަން ބަލައިގަތުމާއި، ދަރިވަރުންނަށް ޔުނިވަރސިޓީ އަދި ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމަށް ވަނީ ހަމަ ޖެހިފައެވެ. މީގެ އިތުރުން، ކިއު ސްޓަޑީ މެދުވެރިކޮށް ޔުނިވަރސިޓީ އެޕްލިކޭޝަންތައް ފުރިހަމަކޮށް ފޮނުވާ ދަރިވަރުންނަށް 250 ޑޮލަރާއި ހަމައަށް އަނބުރާ ފައިސާ ލިބޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މި ފެއަރ ގެ ތެރެއިން ދަރިވަރުންނަށް ޕަރޝަލް ސްކޮލަރޝިޕްތައް ވެސް ލިބިގެން ދާނެއެވެ.

ކިއު ސްޓަޑީ އިން ހާމަ ކުރި ގޮތުގައި މިއީ ގޭގައި ތިބެގެން މަތީ ތަޢުލީމު ހާސިލުކުރުމާއި، އެކި ޔުނިވަރސިޓީ ތަކާއި ބެހޭ މަޢުލޫމާތު ހޯދުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ފެއަރ ކުރިއަށް ދާނީ ޖޫން މަހުގެ 19 (މިއަދު) އަދި 20 (މާދަމާ) 16:00 އިން 22:00 އަށެވެ. 20 އަށް ވުރެ ގިނަ ޔުނިވަރސިޓީ އިން ބައިވެރިވާ މި އެޑިއުކޭޝަން ފެއަރ އަށް ރެޖިސްޓަރ ވުމަށް މިހާރު ވަނީ ހުޅުވާ ލެވިފައެވެ. ރެޖިސްޓަރ ކުރެވޭނީ ފެއަރގެ ރެޖިސްޓްރޭޝަން ލިންކު: https://qstudy.expo.quizky.com/event އިންނެވެ.