Last Updated: March 28, 16:21
Thursday, March 28, 2024
ކުޅިވަރު

މީދޫ ފަތާ ޓްރެކުގެ މަސައްކަތް ނިމިއްޖެ

ޔޫތް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީ މީދޫގައި އެޅި ފަތާ ޓްރެކުގެ މަސައްކަތް ނިމި ބޭނުން ކުރަން ފަށައިފިއެވެ.

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫގެ ފަތާ ޓްރެކުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެކަން ކުރުމަށްޓަކައި އެ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމާއި ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އަދި އައްޑޫ ސިޓީ ކައުންސިލުން ދިން އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށެވެ.

އަދި ފޭދޫގައި އެޅުމަށް ހަމަޖެހިފައިވާ ފަތާ ޓްރެކުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށްވެސް މަހުލޫފް ވިދާޅުވިއެވެ. ފަތާ ޓްރެކް އެޅުމަށް ބޭނުންވާ ސާމާނު ފޭދޫ އަށް މިހާރު ވަނީ ގެނެސްފައެވެ.

ފޭދޫ، އަދި މީދޫގެ އިތުރުން ހދ. ކުޅުއްދުއްފުށި ސިޓީ އަދި ދިއްދޫގައި ފަތާ ޓްރެކް އެޅުމަށް ފިނޭންސް މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.

މީދޫގައި ފަތާ ޓްރެކެއް އަޅާފައިވާއިރު އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ހިތަދޫ، މަރަދޫ އަދި ހުޅުދޫގައި ފަތާ ޓްރެކް އަޅާފައެވެ.