Last Updated: April 26, 06:56
Friday, April 26, 2024
ވިޔަފާރި

މަގޭ ޕްލޭން މެދުވެރިކޮށް އުރީދޫން ހާއްސަ އޮފާއެއް ތައާރަފްކޮށްފި

އުރީދޫ ހެޑް އޮފީސް - ފޮޓޯ: ވީނިއުސް

މަގޭ ޕްލޭން މެދުވެރިކޮށް އުރީދޫ މޯލްޑިވްސް އިން ހާއްސަ އޮފާއެއް ތައާރަފްކޮށްފިއެވެ.

މިއަހަރުގެ ނިޔަލަށް ކުރިއަށްދާ މި އޮފާގެ ދަށުން އުރީދޫ ކަސްޓަމަރުންނަށް މަގޭ ޕްލޭން މެދުވެރިކޮށް ކޮންމެ މަހަކު ވެސް ތަފާތު އެކި ޑާޓާ ޕެކްތައް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

އެގޮތުން ހިނގަމުން މިދާ ޖޫން މަހުގެ ކޮންމެ ހުކުރު ދުވަހަކު 75 ރުފިޔާ އަށް 5 ޖީބީ ބަލައިގަތުމުގެ ފުރުސަތު އުރީދޫގެ ކަސްޓަމަރުންނަށް އޮންނާނެއެވެ. އެގޮތުން އެ 5 ޖީބީ ހަމައެކަނި ބޭނުން ކުރެވެނީ 24 ގަޑިއިރަށެވެ. އަދި މި މަހުގެ ކޮންމެ ދުވަހަކު 40 ރުފިޔާ އަށް 1 ޖީބީގެ ޕެކެއް ބަލައިގަތުމުގެ ފުރުސަތު އޮންނައިރު، އެ ޕެކްގެ ބޭނުން ކުރެވެނީ ހަމައެކަނި އެ ދުވަހު އެކަންޏެވެ.

އަދި ހަފްތާގެ ހަތް ދުވަހަށް ބޭނުން ކުރުމަށް 150 ރުފިޔާ އަށް 3 ޖީބީގެ ޕެކެއް ބަލައިގަތުމުގެ ފުރުސަތާއި، 30 ދުވަހަށް ބޭނުން ކުރުމަށް 34 ޖީބީ 880 ރުފިޔާ އަށް އަދި 50 ޖީބީ 1100 ރުފިޔާ އަށް ބަލައިގަތުމުގެ ފުރުސަތު ވެސް އުރީދޫގެ ކަސްޓަމަރުންނަށް ވަނީ މި އޮފާގެ ދަށުން ހުޅުވާލާފައެވެ.

އުރީދޫ އިން ތައާރަފްކޮށްފައިވާ މަގޭ ޕްލޭނަކީ އުރީދޫ ކަސްޓަމަރުންގެ ތަފާތު ބޭނުންތަކަށް އެކަށޭނަ ގޮތަށް މޯބައިލް ޕްލޭންތައް އަމިއްލައަށް ޑިޒައިން ކޮށްލެވޭނެ ޕްލޭނެކެވެ.

ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ގެންގުޅޭ ކަސްޓަމަރުންނާއި އަދި އަމިއްލަ ބޭނުންތަކަށް އެސްއެމްއެސް، ޑޭޓާ، ކޯލްގެ އިތުރުން އައިޑީޑީގެ ހިދުމަތްވެސް މި ޕްލޭންގެ ތެރެއިން ހިޔާރުކުރެވޭނެ ކަމަށްވެސް އުރީދޫއިން މައުލޫމާތުދެ އެވެ.