Last Updated: April 23, 16:11
Tuesday, April 23, 2024
ޚަބަރު

މިއަދު ހަވީރު ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު - ފޮޓޯ: ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް ހޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 16:30ގައި ރައީސް ސޯލިހު ނޫސްވެރިންނާއި ބައްދަލުކުރައްވާނެ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް އަލުން ބޯޑަރުތައް ހުޅުވާލާނެ ތާރީހެއް ރައީސް ސޯލިހު މިއަދު އިއުލާން ކުރައްވާނެއެވެ.

ރައީސް ސޯލިހު މީގެކުރިން ކޮވިޑް-19 ރާއްޖެ އިން ފެނުމާއި އެކު ނޫސްވެރިންނާއި ބައްދަލުކުރައްވާ ގިނަ ވާހަކަތަކެއް ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެ ދުވަހު ރައީސް ވަނީ ބޯޑަރު ބަންދުކުރިކަން ވެސް އިއުލާން ކުރައްވާފައެވެ.

ނަމަވެސް އޭގެފަހުން ނޫސްވެރިންނާއި ބައްދަލު ނުކުރެއްވި ނަމަވެސް އެމަނިކުފާނު ވަނީ ރައީސް ގައުމާ މުހާތަބު ކުރައްވާ ވާހަކަދައްކަވާފައެވެ.