Last Updated: March 29, 16:45
Friday, March 29, 2024
ޚަބަރު

ސަފާާރީ ކޭސް އަކީ ރޭޕެއް ނޫން، ޖިންސީ ގޯނާގެ މައްސަލައެއް: ފުލުހުން

ފޮޓޯ: ސޯޝަލް މީޑިއާ

ސަފާރީގައި ހިނގައި ދިޔަ ހާދިސާ އާއި ގުޅިގެން ހުށައެޅިފައި ވަނީ ރޭޕްގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށް ފުލުހުން ހާމަ ކޮށްފިއެވެ.

ހުޅުމާލޭ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުކުރު ދުވަހުގެ ފަތިހު ގާތް ގަނޑަކަށް 05:00 ގައި ފުލުހުންނަށް ރިޕޯޓު ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ހާމަ ކޮށްފައެވެ. މިކަން އެ އިދާރާ އިން ހާމަ ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ 20:24 ގައެވެ.

މިކަމާއި ގުޅިިގެން 39 އަހަރުގެ ދިވެހި ދެ ފިރިހެނުން ކުށުގެ ވެށިން ވަނީ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެވިފައެވެ. ނަމަވެސް ތަހުޤީޤަށް ހައްޔަރު ކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތް ކަމަށް ބުނެ ވަނީ ދޫކޮށްލެވިފައެވެ.

މިކަމާއި ގުޅިގެން ނޫސްވެރިންގެ ސުވާލަށް ޖަވާބު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ވިދާޅުވެފައިވަނީ ފުލުހުން ބަލަމުން ދަނީ ރޭޕް ކޭސް އެއް ނޫން ކަމަށާއި، އެއީ ޖިންސީ ގޯނާގެ މައްސަލައެއް ކަމަށެވެ. އަދި ޖިންސީ ގޯނާ މާނަ ކުރެވެނީ،

ރޭޕް ކުރުމަށް ނުވާ ގޮތުން އަދި، ޖިންސީ އަނިޔާ އަށް ނުވާ ގޮތުން، ދެމަފިރިން ކަމަށް ނުވާ ދެމީހެެއްގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، އަދި ޖިންސީ ނިޔަތެއް އޮވެގެން ނޫން ކަމުގައި ވިޔަސް، މީހެއްގެ ރުހުމާއި ނުލައި، އޭނާގެ ޖިންސީ ގުނަވަނެއްގައި މީހަކު، އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރިކޮށް، ނުވަތަ އެފަދަ އެއްވެސް އާލާތެއް ނުވަތަ އެއްޗެއް މެދުވެރި ނުކޮށް އަތް ލުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނެއް، އޭނާގެ ރުހުމާއި ނުލައި، ހާމަ ކުރުމަށެވެ. ނުވަތަ މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާއި ނުލައި ހާނިއްކައެއް ކުރުމަށެވެ. ނުވަތަ އެނޫންވެސް އިހާނެތި އަމަލެއް މީހެއްގެ ޖިންސީ ގުނަވަނަކަށް އޭނާގެ ރުހުމާއި ނުލައި ކުރުމަށެވެ.

ފުލުހުން މިހެން ބުނެފައިވީ ނަމަވެސް، މެންދުރު.އެމްވީ ގައި ވަނީ އަނިޔާ ލިބުނު މީހާގެ ދުލުން އޭނާ އާއި މެދު ކަންތައް ދިމާވި ގޮތް ހާމަކޮށްފައެވެ. އޭގައި ބުނެފައިވާ ގޮތުން އެ ދެފިރިހެނުން ވެގެން މަސްތުގެ ހާލަތުގައި ތިބެ ވަނީ އެ އަންހެން މީހާ ރޭޕް ކޮށްފައެވެ. އަދި ފުލުހުން އޭނާ މެޑިކަލް އަދި ރޭޕް ކިޓްވެސް ދީފައި ނުވާކަމަށް އޭގައި އަންހެން މީހާ އާއި ހަވާލާދީ ހާމަކޮށްފައި ވެއެވެ.

ފުލުުހުން ވަނީ މިއީ ތަހުޤީޤު ކުރެވެމުންދާ މައްސަލައަކަށް ވާތީ މިކަމާއި ބެހޭ އިތުރު ތަފްސީލު މިވަގުތަށް ހާމަ ކުރެވެން ނެތް ކަމަށް ބުނެފައެވެ.