Last Updated: July 10, 06:03
Thursday, July 10, 2025
ޚަބަރު

ފްލައިޓެއް ޗާޓަރުކޮށްގެން ރިހާކުރި ފުޅިއެއް ފޮނުވި ވާހަކަ މާރިޔާ ދޮގުކުރައްވައިފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ - ފޮޓޯ: ރައީސް އޮފީސް

ފްލައިޓެއް ޗާޓަރުކޮށްގެން ރިހާކުރި ފުޅިއެއް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އަށް ފޮނުވި ވާހަކަތައް އެކަމަނާ ދޮގުކުރައްވައިފި އެވެ.

މި ވާހަކަތައް މީޑީޔާއަށް ތިލަކޮށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އެވެ.

ނަމަވެސް މިކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި މާރިޔާ ވަނީ އެއީ ކަނޑައެޅިގެން ރޯ ބުހުތާނު ދޮގު ކަމަށް ވިދާޅުވިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ހިނގައިދިޔަ އެފްޕީއައިޑީގެ ވައްކަމުގައި އިސްކޮށް ހުންނެވީ މާފަންނު ހުޅަނގު ދާއިރާ މެންބަރު މުޙައްމަދު ފަލާޙުގެ ބޭބެ މާކުން ސައްތާރު ކަމަށާއި އޭނާ އޭރު ކާވެނިކުރައްވައިގެން އުޅުއްވީ މާރިޔާއާ ކަމަށެވެ.

އަދި ފުލައިޓު ޗާޓަރުކޮށްގެން ރިހާކުރު ފުޅިއެއް އިނގިރޭސިވިލާތަށް ފޮނުވި ވާހަކަ އެފްޕީޑީ ޚިޔާނާތުގެ ރިޕޯޓުގައި އޮންނަ ކަމަށް ކިޔާ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި  އެރިހާކުރުގެ ރަހަ މިހާރުވެސް މާރިޔާގެ ކަރުބުޑުން ނުފިލައި ހުންނާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.