Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

މިއަދު ޕޮޒިޓިވްވީ 13 މީހުން، ބަލިން ރަނގަޅުވީ 16 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން އިތުރު 13 މީހަކު ޕޮޒިޓިވްވެ 16 މީހަކު ރަނގަޅުވެއްޖެ އެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި 13 މީހުންގެ ތެރޭގައި ހިމެނެނީ ފަސް ދިވެއްސަކާއި، ބަންގްލަދޭޝްގެ 7 މީހެއްގެ އިތުރުން އިންޑިއާގެ މީހެއް ކަމަށެވެ.

މި 13 މީހުންނާއެކު މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 2337 އަށް އަރާފައެވެ. މީގެތެރެއިން ފަރުވާ ދެމުން މިހާރު އަންނަނީ 397 މީހަކަށެވެ. އަދި މިއަދު ބަލިން ރަނގަޅުވި 16 މީހުންނާއެކު، ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 1927 އަށް އަރާފައެވެ.

މި ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ ހަތަރު މީހުންނާއި ހަތަރު ދިވެހިންނެވެ.