Last Updated: July 1, 23:03
Tuesday, July 1, 2025
ޚަބަރު

ބަންގްލަދޭޝްގެ އިތުރު 200 މީހުން ފުރުވާލައިފި

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝްގެ އިތުރު 200 މީހަކު މިއަދު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާލާފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅެމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މިހާތަނަށް 2000 އަށް ވުރެ ގިނަ މީހުން ވަނީ އަނބުރާ ގައުމަށް ފޮނުވާލާފައެވެ.

ގިނަ އަދަދެއްގެ ބިދޭސީންތަކެއް މިއަދު ވެސް ރާއްޖެއިން ފުރާފައިވާއިރު، ކޮވިޑް-19 ގެ ނުރައްކާ ރާއްޖޭގައި އެންމެ ބޮޑަށް ބޮޑުވެފައިވަނީ ވެސް ބިދޭސީންގެ މެދުގައެވެ. އެގޮތުން މިހާތަނަށް ރާއްޖެއިން 2337 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެތެރެއިން 1517 މީހުންނަކީ ބިދޭސީންނެވެ.

ބިދޭސީންގެ ތެރެއިން އެންމެ ގިނަ އަދަދަކަށް މި ބައްޔަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެގޮތުން އެގައުމުގެ 1219 މީހަކު ވަނީ ޕޮޒިޓިވް ވެފައެވެ.