Last Updated: July 5, 20:34
Saturday, July 5, 2025
ޚަބަރު

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މާދަމާ ފަށަނީ

ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލާފައިވާ މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތައް މާދަމާ އަލުން ފެށުމަށް ނިންމައިފިއެވެ.

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޝެޑިއުލް ދަތުރުތައް މާދަމާ ފަށާއިރު، މޯލްޑިވިއަން އިން ވަނީ ދަތުރުކުރުމުގެ ކުރިން އެޗްޕީއޭ އާއި ކައުންސިލްތަކުން ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިލްތިމާސްކޮށްފައެވެ.

އެގޮތުން މާލެ ސަރަހައްދުން އަތޮޅުތެރެއަށް ދަތުރުކުރާ ފަރާތްތައް ގޭގައި ކަރަންޓީނުވާން ޖެހޭއިރު، ދަތުރުކުރުމުގެ ކުރިން 'ހާލު ބެލުން" ޕޯޓަލްގައި ރަޖިސްޓްރީވާން ޖެހެއެވެ. އަދި ޓެކްސްޓު މެސެޖެއް މެދުވެރިކޮށް ހޯމް ކަރަންޓީންވުމުގެ ހުއްދަ އެޗްޕީއޭ އިން ފޮނުވާނެއެވެ.

މީގެއިތުރުން އަތޮޅުތެރެއިން މާލެއަށް ދަތުރުކުރާ ފަރާތްތައް އެންއީއޯސީ- ޕޮލިސް ޕޯޓަލް މެދުވެރިކޮށް ދަތުރުކުރުމުގެ ހުއްދަ ނަގަންޖެހޭނެއެވެ.