Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ލަންކާގައި ތިބި 200 ދިވެހިން ރާއްޖެ ގެންނަނީ

ސްރީލަންކާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް ޚާއްސަ ފްލައިޓެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އަންނަ މަހުގެ 2 ވަނަ ދުވަހު ސްރީލަންކާގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ފަރާތްތަކަށް ރާއްޖެއަށް އައުމަށް ބާއްވާ ޚާއްސަ ފްލައިޓެއް ކޮލޮމްބޯއިން މާލެ އަންނާނެ ކަމަށެވެ.

މި ފްލައިޓްގައި 200 ދިވެހިން ގެނައުމަށް ޖާގަ ލިބޭނެ ކަމަށާއި މި ފްލައިޓްގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް ގުޅައިގެން އިންތިޒާމްތައް ހަމަޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި ފްލައިޓުގައި ރާއްޖެ އައުމަށް ޓިކެޓު ގަންނަން ޖެހޭނީ އަމިއްލައަށް ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން މީގެކުރިން ވެސް ވަނީ ލަންކާ ހިމެނޭ ގޮތަށް އެކި ގައުމުތަކުގައި ތިބި ދިވެހިން ގެނައުމަށް ފްލައިޓުތައް ބާއްވާފައެވެ.