Last Updated: April 20, 09:47
Saturday, April 20, 2024
ޚަބަރު

ލުއިތަކާއެކު ލޮކްޑައުންގެ މުއްދަތު އިތުރު 15 ދުވަހަށް ދަންމައިފި

ލުއިތަކާއެކު މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 15 ދުވަހަށް ދަންމައިފި އެވެ.

ލޮކްޑައުންގެ މުއްދަތު އިތުރު ކޮށްފައިވަނީ އާއްމު ސިއްހަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިގެންވާ ބާރުގެ ދަށުންނެވެ. އެގޮތުން ލޮކްޑައުންގެ މުއްދަތު ދެން ހަމަވާނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ލޮކްޑައުނަށް ދީފައިވާ ލުއިތަކަށް ބަލާއިރު ރަށްރަށުން މާލެ އަށް ދަތުރުކުރުމަށް ހުއްދައެއް ހޯދަން ނުޖެހުމާއި، ސްކޫލްތައް ހުޅުވުމާއި، ކެފޭ ރެސްޓޯރަންޓްތައް ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ހުޅުވާފައި މިހާރު ބެހެއްޓޭނެއެވެ.

އަދި ފަތިހު 5 ކުން ރޭގަނޑު 11 އަށް ބޭރުގައި އުޅެވޭނެ ކަމަށާއި، ޖިމްތަކާއި، ބޯކޮށާ ތަންތަނާއި ސެލޫންތައް ހުޅުވާފައި ބެހެއްޓޭނެ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

ރާއްޖެއިން މިހާތަނަށް 2361 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 2361 މީހަކު މިހާތަނަށް ވަނީ ބަލިން ރަނގަޅުވެފައިވާއިރު 9 މީހަކު ވަނީ މަރުވެފައެވެ.