Last Updated: July 15, 00:26
Tuesday, July 15, 2025
ޚަބަރު

11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ޕިނެއް ނަގައިފި

ދިވެހި އަންހެން ކުއްޖެއްގެ ފުއްޕާމެއިން ބުރުގާގައި ޖަހާ ޕިނެއް ނަގައިފިއެވެ.

އައިޖީއެމްއެޗުން މިއަދު ބުނީ މި ޕިން ނަގާފައިވަނީ އުމުރުން 11 އަހަރުގެ ކުއްޖެއްގެ ފުއްޕާމެއިން ކަމަށެވެ.

މި ޕިން ނަގާފައިވަނީ އައިޖީއެމްއެޗްގެ ތަފާތު އެކި ޑިޕާޓްމެންޓުތަކުގެ ނަރުހުންގެ އެހީތެރިކަމާއެކު އެ ހޮސްޕިޓަލުގެ ޕުލްމޮނޮލޮޖީ ޓީމުންނެވެ.

ދިވެހި އަންހެން ކުއްޖެއްގެ ފުއްމާޕެއިން ޕިނެއް ނަގާފައިވާއިރު، އައިޖީއެމްއެޗުން ވަނީ ބުރުގާގަޖަހާ ދަތިފަދަތޫނު އެއްޗިހި އަނގަތެރެއަށް ނުލުމަށްް މީގެކުރިން ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ.