Last Updated: April 24, 23:11
Wednesday, April 24, 2024
ޚަބަރު

މަޖިލީހުގައި ޖިމަކާ ރެސްޓޯރެންޓެއް ހުޅުވަނީ

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނަޝީދު: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ޖިމަކާއި ރެސްޓޯރެންޓެއް އަދި ފިހާރައެއް ހުޅުވަން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު، މިއަދުގެ ޖަލްސާގައެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގެ ސޯޝަލް ކްލަބުން މެމްބަރުންނާ މުވައްޒިފުން ބޭނުންކުރުމަށް ޖިމަކާއި ރެސްޓޯރެންޓެއް އަދި ފިހާރައެއް ހުޅުވަން ނިންމާފައިވާ ކަމަށެވެ.

މިވަގުތު ސޯޝަލް ކުލަބުގައި ތިބޭނީ މެމްބަރުންނާ މުވައްޒަފުން ކަމުގައި ވިޔަސް، މިކުލަބަކީ ކުރީގެ މެމްބަރުންނާއި ރިޓަޔާމަންޓަށް ދާ އިދާރީ މުވައްޒަފުންނަށް ވެސް ހުޅުވާ ކުލަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖިލިސް ރެސްޓޯރެންޓުގައި ރައްޔިތުންނަށް މެމްބަރުންނާއެކު ކޮފީ ބޮވޭނެ ކަމަށާއި ކަންބޮޑުވުންތައް ވެސް ހިއްސާ ކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުން ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެ ދާދި ފަހުން ވަނީ މަޖިލިސް އިދާރާ ކައިރީގައި މުޒާހަރާއެއް ވެސް ކޮށްފައެވެ. ނަމަވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލާފައެވެ.