Last Updated: April 26, 06:56
Friday, April 26, 2024
ޚަބަރު

މަސްއޫލިއްޔަތު އަދާނުކުރައްވާތީ ޒަހާ އަނެއްކާވެސް ކޮމިޓީއަށް ހާޒިރުކުރަނީ

ޒަހާ ވަހީދު - ފޮޓޯ: މަޖިލިސް

މަސްއޫލިއްޔަތު އަދާނުކުރައްވާތީ ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށް ހާޒިރުކޮށްދޭން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެދިވަޑައިގެންފިއެވެ.

ޖާބިރު މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައެވެ.

އެގޮތުން ޖާބިރު ފޮނުވި ސިޓީގައި ވިދާޅުވީ މިނިސްޓަރު ޒަހާ މިނިސްޓަރުގެ މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރައްވަމުންގެންދަވާ ކަމަށް ގަބޫލުނުކުރެވޭތީ އެކަމާއި ގުޅިގެން ސުވާލުކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާއި ކޮމެޓީއަށް ހާޒިރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދޭ ކަމަށެވެ.

މީގެކުރިން ވެސް މިނިސްޓަރު ޒަހާ މަޖިލީހުގެ ކޮމިޓީއަކަށް ހާޒިރުކޮށްފައިވާއިރު، ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެމްބަރުން ވަނީ ޒަހާ އަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އެގޮތުން ބައެއް މެމްބަރުން ވަނީ ޒަހާގެ އިސްތިއުފާ އަށް ވެސް ގޮވާލާފައެވެ.