Last Updated: May 8, 16:47
Wednesday, May 8, 2024
ޚަބަރު

ޖަމާއަތް ހަދައިގެން ވައްކަންކުރި މައްސަލައިގައި ހައްޔަރުކުރި އެކަކު ދޫކޮށްލައިފި

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައެއްގައި ހައްޔަރުކުރި ހަ މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ފުލުހުން މިއަދު ބުނީ މި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިޔުމުން މި މައްސަލައިގައި ހައްޔަރުކުރި 28 އަހަރުގެ މީހާ ޝަރުތުތަކާއެކު ދޫކޮށްލާފައިވާ ކަމަށެވެ.

އަދި ދެން ތިބި އެންމެންގެ ބަންދަށް 8 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުން ރ. އަތޮޅުގެ ފަޅުރަށެއްގައި ދިރިއުޅެފައިވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާ ނުލައި ކަމަށް ފުލުހުން ބުނެއެވެ.