Last Updated: April 20, 09:14
Saturday, April 20, 2024

ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ޝަރީއަތް ނިމެންދެން މީހަކު ބަންދު ކުރުމަށް ހުކުމް ކޮށްފި

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކޮށް، ރޭޕް ކޮށްފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފިއެވެ.

އެގޮތުން، އުމުރުން 17 އަހަރުގެ ކުއްޖަކާއި "ކައިވެނި" ކޮށްގެން އެކުއްޖާ ބަލިވެ އިން މައްސަލައާއި ގުޅިގެން ޖިންސީ ގޯނާ އަދި ރޭޕްގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ، ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ) އެވެ. 03 ޖުލައި 2020 ގައި އޭނާ ހައްޔަރު ކުރެވުނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި މި މައްސަލަ އާއި ގުޅިގެން އޭނާ އާއި މެދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުުރު ކޮށްފައިވަނީ މ. މުލި މެޖިސްޓްރޭޓް ކޯޓުންނެވެ.

މިމައްސަލައާ ގުޅިގެން 2020 ޖުލައި 04 ވަނަ ދުވަހު ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ)  މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ "ކައިވެނި" ކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވަތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

‎ފުލުހުން ހާމަ ކުރާ ގޮތުގައި، މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުންނެވެ.