Last Updated: April 19, 11:00
Friday, April 19, 2024
ރިޕޯޓް

ހަންކެޑެ ގެރި ހުސްވެގެ، ބޭނުމީ ދާއިމީ ހައްލައް

މަރަދޫއަށް އުދަ އެރުމުގެ ސަބަބުން ރަށުތެރެއަށް ލޮނު އަރާފައި - ފޮޓޯ: އައްޑޫލައިވް

ކޮންމެ ދުވަހަކި އެތައް ސަތޭކަ ބާކިން ބޭނުންކުރާ ހަންކެޑެ ކޯޒްވޭއަށް އިއްޔެ ހެއްނެއި އެރި އިރާއި އެކީ އަރަގެން ގެއި ރަޅަ. ހީވީ މީގެ ވިހި ތިރީސް އަހަރަ ފަހަތަށް ގެއި ހެން. މަގައް ރަޅަ އަރާވަރުން ވަގުތީ ގޮތުން ހިތަދޫއެއި ގުޅިފެއި އޮއް ރަށްކެޑާ އޮތީ ބަންދުވެފެއި.

މީ އިއްޔެއި އޭގެ އިހައް ދުވަހި ވޭއް ފެށި ކަމައް ނުން. ފޭދޫ ހިއްކި ބިން ހިއްކާ ފެށި ހިސާބުން މިތަނަށް ނަގާ ރަޅަ ބިޔަވެ ވެލިކެޑާ ގެރޭއް ފަށަގައް. ދިޔަވަރަ ބޮނޑަ ވޭ ދުވަސްކެޑާއި ހަންކެ ބްރިޖާއި އެކެޑަށާއި މަރަދޫ ޓްރެކާ ދިމާލައް ރަޅަ އެއްލައި. މަރަދޫ އެތެރެ ލިންކާއި ދިމާލަށަސް ރަޅަ އެއްލައި.

މީ ކުރިން ނިއެއްލާ ރަޅާކައް ވިއަސް މިއާއް މާބޮނޑަ ސަމާލު ކަމައް ކަމާއި ވޭނޑޭއް ތިބި ބާކިން ދިން ކަމައް ނިފެނެއި. އެހެން ނުން އެއްތެންނާ އަދަ މަގާއި ހަމާއް ރަޅަ އާކޯ އޮންނެނެއި ނިއަރާ ގޮތައް ހެދިފެއި.

ކޮންމެ ފަހަރަކިއަސް އައްޑޫ ރައް ގެރި އުދަ އަރާ މައްސަލާއް ހައްލައް ހޯދާއް ތަންތަނުން މީހުން އާސް ސައްލާ ކެރަތާ. އަދާއި ހަމާއް އެދެވޭ ހައްލައް ނިލިބި އޮތީ އައްޑޫ ކަމާއި ހަވާލުވެ ތިބި މީހުން އެއް ގަލަކަށް ނިއެރިގެން.

ހަންކެޑާއި އެއްވަރައް ހިތަދޫ، މަރަދޫ އަދި މަރަދޫ ފޭދޫ ގޮނޑަދަށުނަސް އެއްލާ ރަޅަ ގޭގޭ ގިފިލިއެއި ހަމާއް ތެބެ ނަގައި. ފެން ވަޑާ ލޮނަވެ ނިމިގެ އަންނައުނު ދޯނެނެ ފެނައް ގޭކި ނެއް، ހިފައި ގިނިވޭނޑޭ އެއްވިއަސް އެއްތައް ނެއް ދަބަރަ ނިޖަހާ.

މިވާހަކަ ދައްކާތާން މަދަހެއި ދުވަހައް ނުން، އެނައްކަލާއި އަސް މިވާހަކަ ދައްކާ މިޖެހެނީ ކުރިން ފަހަރައް ވަނި މިފަހަރަ ލިބެނެ ގެއްލުން ބޮނޑަވެގެން ގޭމެއި. ހައްލައް ނިލިބި ކެރާއް ހިނގާ ކަމަކަސް ރައްޔިތުންނަށް ނިއެނގި ބިރިވެރިކަމަކި އެތެރެ ތިބޭއް ޖެހޭ ހެދީ.