Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އުދަ އަރާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓް ނެރެފި

އުދަ އަރާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މި އެލާޓް ނެރެފައިވަނީ ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ. މި އެލާޓް ނެރުނީ މިރޭ 7:30 އާއި ހަމައަށެވެ.

އިންޑިއާ ކަނޑުގައި އުފެދިފައިވާ ބިޔަ ބާނިތަކެއްގެ ސަބަބުން ފާއިތުވި ދެތިން ދުވަހު ދެކުނާއި މެދުރާއްޖެތެރޭގެ އެކި ރަށްތަކަށް ވަނީ އުދަ އަރާފައެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެގޮތުން ހާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މޫދަށް އެރޭ ފަރާތަކުން މޫދަށް އެރި އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އެދެއެވެ. އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.