Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އަންނަ މަހުގެ ތެރޭގައި ކޯވިޑް-19 އަށް ވެކްސިނެއް ނެރެވޭނެ: ރަޝިޔާ

Photo: The Jakarta Post

ދުނިޔޭގެ ފުރަތަމަ ކޯވިޑް-19 ގެ ވެކްސިން އަންނަ މަހުގެ ތެރޭގައި ނެރޭނެ ކަމަށް ރަޝިޔާ އިން ބުނެފިައެވެ.

ހޯމަ ދުވަހު، އެޤައުމުގެ ސައިންސްވެރިން މިކަން ހާމަ ކޮށްފައިވަނީ، އެ ޤައުމުން އުފައްދަމުން އަންނަ ވެކްސިންގެ އިންސާނުން ގަޔަށް ވެކްސިން ޖަހައިގެން ތަހުލީލު ކުރާ ބައި ނިމިފައިވާ ކަން އާދިއްތަ ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ.

މި ވެކްސިން ތައްޔާރު ކުރާ ފަރާތް ކަމަށްވާ، ސެޗެނޮވް ޔުނިވަރސިޓީ ސެންޓަރ ފޯ ކްލިނިކަލް ރިސަރޗް އަދި މެޑިކަލް ސެންޓަރުގެ ހެޑް އަދި ޗީފް ރިސަރޗަރ ކަމަށްވާ އެލީނާ ސްމޮލްޔަރުޗުކް ވިދާޅުވީ އިންސާނުން ގަޔަށް ވެކްސިން ޖަހައިގެން ކުރިއަށް ގެންދިޔަ ތަހުލީލުތައް ނިމިފައިވާ ކަމަށާއި، އެބައި ކުރިއަށް ދިޔައީ ވަރަށް ފުރިހަމަ އަށް ކަމަށެވެ.

ރަޝިޔާގެ ނޫސްތަކަށް އެލީނާ ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ، "ވެކްސިންގެ ޓްރައަލް ތައް ނިމި ވެކްސިން އަކީ ރައްކާތެރި އެއްޗެއް ކަން ދެނެގަނެވިއްޖެ" ކަމަށެވެ.

ރަޝިޔާ އިން ހާމަ ކުރާ ގޮތުގައި މި ވެކްސިން ފުޅާ ދާއިރާ އެއްގައި "ސިވިލް ސަރކިއުލޭޝަނަކަށް" ދާން ފަށާނެ ކަމަށް ބެލެވެނީ އޮގަސްޓް 12 އާއި 14 އާއި ދެމެދުގެ ދުވަހެއް ގައެވެ.

ރަޝިޔާ އިން މިހެން ބުނެފައި ވީ ނަމަވެސް، ވެކްސިނެއް ފުޅާ ދާާއިރާއެއްގައި އާންމުންނަށް ދޫ ކުރެވެން ފެށޭނީ 3 ފޭސް އެއްގެ ދިރާސާތަކެއް ނިމުމަށް ފަހު އެވެ. އަދި ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއިން ހާމަ ކޮށްފައިވާ ކޮރޯނާ ވައިރަހުގެ ވެކްސިން ލިސްޓުގެ ޑްރާފްޓުގައި ވާ ގޮތުން، ރަޝިޔާގެ ވެކްސިން އޮތީ ފޭސް 1 ގައެވެ.