Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

އެލްޖީއޭގެ ނައިބު ރައީސަކަށް މާހިރު އިންތިހާބުކޮށްފި

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ނައިބު ރައީސަކަށް މުހައްމަދު މާހިރު އީސާ އިންތިހާބުކޮށްފިއެވެ.

އެލްޖީއޭ އިން ބުނީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރުކުރުމުގެ ޚާއްޞަ ޤާނޫނުގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވުނު އެ އޮތޯރިޓީގެ ބޯޑުގެ ނާއިބު ރައީސްކަމަށް މާހިރު އިންތިހާބު ކުރީ ބޯޑު މެމްބަރުންގެ މެދުގައި ނެގުނު ވޯޓަކުން ކަމަށެވެ.

އެލްޖީއޭގެ ރައީސަކީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

އެލްޖީއޭގެ ބޯޑުގައި ތިއްބެވި މެންބަރުން:

1. ހޯމް މިނިސްޓަރު އިިމްރާން އަަބްދުﷲ

2. އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް މުހައްމަދު ޝިހާބު

3. ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު

4. ޗީފް އެގްޒެކެޓިވް އޮފިސަރު ފާތިމަތު އަފްޝަން ލަތީފު

5. ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ

6. ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަރީފު

7. ޕްލޭނިން މިނިސްޓްރީގެ ނައިބު ފާތިމަތު ނިއުމާ

އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ބިލު މިމަހުގެ ދެވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވުމާއެކު ވަނީ އޭރު އޮތް އެލްޖީއޭގެ ބޯޑު އުވިފަ އެވެ.

އެ ގާނޫނުގައި ބުނެފައިވަނީ އެލްޖީއޭއަށް ރައީސުލްޖުމްހޫރިއްޔާ ހަތް މެމްބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެލްޖީއޭއަށް އައްޔަން ކުރާ މެމްބަރުން ނަކީ މިހާރު ދައުލަތުން މުސާރަދޭ މަގާމެއްގައި ހުރި މީހެއް ނަމަ އެނާއަށް އިތުރު މުސާރައެއް ދޭން ނުޖެހޭނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.