Last Updated: April 20, 19:35
Saturday, April 20, 2024
ކުޅިވަރު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖޭން ބިޑުކޮށްފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖެ އިން ބިޑުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލު މިއަދު ވިދާޅުވީ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން ރާއްޖެއިން ރަސްމީކޮށް ބިޑުކޮށްފައިވާ ކަމަށެވެ. އަދި ސަރުކާރުން މިކަމުގައި ދެއްވާ އެހީތެރިކަމަށް ބައްސާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މީގެކުރިން ހޯމް އެންޑް އަވޭ އުސޫލުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނު ނަމަވެސް އޭއެފްސީން މިހާރު ވަނީ އެއް ދަނޑެއްގައި ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅޭ ގޮތަށް ނިންމާފައެވެ. މިގޮތަށް ނިންމީ ކޮވިޑް19ގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަކީ ރައްކާތެރި ގޮތެއްނޫން ކަމަށް ނުވާނެތީއެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތައް ބާއްވަން ބިޑު ކުރުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް އޭއެފްސީން ވަނީ ހުޅުވާލާފައެވެ.

ގްރޫޕް ސްޓޭޖުގެ އެއް މެޗަށްފަހު ކޮވިޑްގެ ސަބަބުން މުބާރާތް ވަނީ މެދުކަނޑާލާފައެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުއެވެ.

މި މުބާރާތުގައި ރާއްޖެއިން މިފަހަރު ވާދަކުރަނީ މާޒިޔާ އާއި ޓީސީއެވެ.