Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

16 އަހަރަށްފަހު ލީޑްސް އެނބުރި ޕްރިމިއާ ލީގަށް

16 އަހަރަށްފަހު އިނގިރޭސި ޕްރިމިއާ ލީގަށް ލީޑްސް ޔުނައިޓެޑް ޕްރޮމޯޓް ވެއްޖެއެވެ.

ލީޑްސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވީ އެޓީމާއި އެންމެ ގާތުން ލީގުގައި ވާދަކުރަމުން އަންނަ ވެސްޓްބްރޮމް ރޭ ހަޑަލްސްފީލްޑް އަތުން 2-1 އިން ބަލިވުމާ ގުޅިގެންނެވެ.

ލީގުގައި ބާކީ ދެން އޮތީ ދެ މެޗު ކަމަށްވާއިރު 87 ޕޮއިންޓާ އެކު ލީޑްސް އޮތީ އެއްވަނައިގައެވެ. ދެވަނައިގައި ވެސްޓްބްރޮމް އޮތީ 82 ޕޮއިންޓާ އެކުއެވެ. ލީގުގައި ދެން ކުޅޭ މެޗު އެއްވަރުކޮށްލައިގެން ވެސް ލީޑްސް އަށް އިނގިރޭސި ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު މިހާރު އެބައޮތެވެ.

ލީޑްސް ޔުނައިޓެޑް އެންމެފަހުން ޕްރިމިއާ ލީގުގައި ކުޅެފައިވަނީ 2004 ވަނަ އަހަރުއެވެ. އޭގެފަހުން މާލީ މައްސަލަތަކެއް ލީޑްސް އަށް ދިމާވެ ކުރިން އޮތް ހިސާބަށް ދިޔުމަށް އެޓީމަށް ބޮޑެތި ހުރަސްތަކެއް ފާއިތުވި އަހަރުތަކުގައި ވަނީ ކުރިމަތިވެފައެވެ.

އިނގިރޭސި ދެވަނަ ޑިވިޝަނުން އިތުރު ދެ ޓީމެއް އަދި ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާނެއެވެ. އެގޮތުން ޕްރިމިއާ ލީގަށް ދެން އޮޓެމެޓިކުން ޕްރޮމޯޓް ވާނީ ލީގުގެ ދެވަނަ ހޯދާ ޓީމެވެ. އަނެއް ޓީމު ޕްރޮމޯޓް ވާނީ ޕްލޭއޮފް ކުޅެގެންނެވެ.