Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބޭއްވުމުގެ ބިޑު ރާއްޖެއިން ކާމިޔާބުކޮށްފި

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖެ އިން ކާމިޔާބުކޮށްފިއެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖު މެޗުތައް ބޭއްވުމަށް ރާއްޖެ އިން ކުރި ބިޑް ކާމިޔާބުކޮށްފައިވާ ކަމަށާއި، މެޗުތައް ވީހާ ވެސް ފުރިހަމައަށް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

މީގެކުރިން ހޯމް އެންޑް އަވޭ އުސޫލުން އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުޅުނު ނަމަވެސް އޭއެފްސީން މިހާރު ވަނީ ދެކުނު އޭޝިއާގެ ޓީމުތަކުގެ ގްރޫޕްގެ މެޗުތައް އެއް ދަނޑެއްގައި ކުޅޭ ގޮތަށް އޭއެފްސީން ވަނީ ނިންމާފައެވެ. މިގޮތަށް ނިންމީ ކޮވިޑް19ގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަކީ ރައްކާތެރި ގޮތެއްނޫން ކަމަށް ނުވާނެތީއެވެ.

ގްރޫޕް ސްޓޭޖުގެ އެއް މެޗަށްފަހު ކޮވިޑްގެ ސަބަބުން މުބާރާތް ވަނީ މެދުކަނޑާލާފައެވެ. މުބާރާތުގެ މެޗުތައް ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ އޮކްޓޫބަރު އަދި ނޮވެމްބަރު މަހުއެވެ.

މި މުބާރާތުގައި ރާއްޖެއިން މިފަހަރު ވާދަކުރަނީ މާޒިޔާ އާއި ޓީސީއެވެ.