Last Updated: April 20, 13:23
Saturday, April 20, 2024
ޚަބަރު

ކެރިއަރ ވިޓަމިން އިންޓަރނޭޝަނަލް އިން ރާއްޖޭގައި ލައިފް ކޯޗިންގ ކުލާސްތައް ފަށައިފި

ކެރިއަރ ވިޓަމިން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޓެޑްގެ ކޯޗިންގ ޚިދުމަތް ރަސްމީކޮށް ހުޅުވައިފިއެވެ.

އެގޮތުން މި ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނެނީ އެގްޒެކެޓިވް ކޯޗިންގ އަދި ޕްރޮފެޝަނަލް ލައިފް ކޯޗިންގ ގެ އިތުރުން، އޮފީސްތަކުގެ މުވައްޒަފުންނަށް ޚާއްސަ ކޮށްގެން ކުރިއަށް ގެންދެވޭ ތަމްރީނު ޕްރޮގްރާމްތައް ހިމެނެއެވެ.

އެ ކުންފުނީގެ އެގްޒެކެޓިވް ކޯޗިންގ އަކީ ކާމިޔާބު ވިޔަފާރިވެރިން، ކުންފުނިތަކުގެ ސީއީއޯ، މެނޭޖަރުން އަދި ސުޕަވައިޒަރުންގެ މަސައްކަތް ހަރުދަނާކޮށް، އެވަގުތު ހުރި ހިސާބަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ގެންދެވޭ އެއް އަހަރު ދުވަހުގެ ކޯޗިންގ ޕްރޮގްރާމެކެވެ.

ކުންފުނީގެ ސީއީއޯ، ހައްވާ ޝަހީނާ މުޙައްމަދު ހާމަ ކުރެއްވި ގޮތުގައި މިއީ ރާއްޖޭގެ މާހައުލަށް ވަރަށް އާ ކަމެއް ނަމަވެސް، މި ކޯހަކީ ބައިވެރިންނަށް ލިބޭ ކުރި އެރުން މިނެގެން ކުރިއަށް ގެން ދެވޭނެ ޔަޤީން ކޯހެއް ކަމަށެވެ. އަދި މިކޯހުގެ ޕޮރޮސެސްއަކީ ދުނިޔޭގެ އެއް ވަނަ އެގްޒެކެޓިވް ކޯޗް އަދި ލީޑަރޝިޕް ވިސްނުންތެރިޔާ ޑރ. މާޝަލް ގޯލްޑް ސްމިތްގެ ޕްރޮގްރާމެއް ކަމަށާއި، ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި ކުންފުނިތަކުގެ ވެރިންނާއި ޤައުމުތަކުގެ އިސް ވެރިން އެބޭފުޅުންގެ ލީޑަރޝިޕް ހަރުދަނާ ކުރުމަށް ބޭނުން ކުރާ ޕްރޮގްރާމެއް ކަމަށެވެ.

މީގެ އިތުރުން ކެރިއަރ ވިޓަމިން އިންޓަރނޭޝަނަލްގެ ފަރާތުން ޕްރޮފެޝަނަލް ލައިފް ކޯޗިންގެ ޚިދްމަތްވެސް ލިބިގެން ދާނެ ކަމަށް އެކުންފުނިން މަޢުލޫމާތު ދެއެވެ. އެގޮތުން، މި އީ އޮންލައިން އަދި ފޭސް ޓު ފޭސް ކޮށްވެސް ކުރިއަށް ގެންދެވޭ ކޯހެކެވެ.

ލައިފް ކޯޗިންއަކީ ދިރިއުޅުމުގެ އެއްވެސް މަރުހަލާއެއްގައި މަޑުޖެހި، ފަސްޖެހި ކުރިއަށް ނުދެވޭ ފަރާތްތަކަށް، ނުވަތަ ދިރިއުޅުމުގެ ކަންތައްތައް މިހާރަށްވުރެ ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކުރެވޭ ސެޝަންތަކެކެވެ. މިގޮތުން ލައިފް ކޯޗިންގެ ޚިދްމަތް ދެވޭ ކަންތައް ތަކުގެ ތެރޭގައި،

– ބިޒްނަސް ޑިވެލޮޕްމެންޓް / ސްޓެރެޓީޖިކް ޕްލޭނިންގް
– ޕާރސަނަލް ބްރޭންޑިންގ
– ކެރިއަރ ބަދަލުކުރުން / އަމިއްލަ މަސައްކަތް ފެށުން
– ޕޭރެންޓިންގް އަދި ރިލޭޝަންޝިޕް ހަރުދަނާކުރުން
– ބިރަކާ ނުލާ ވާހަކަ ދެއްކުން
– ބުލީސްއާ ކުރިމަތިލާ އަމިއްލަ ނަފްސަށް އިތުބާރުކޮށް އުޅުން
– ޓީނޭޖް އުމުރުފުރާގެ މައްސަލަތައް (ކުދިންނަށް އަދި ބެލެނވެރިންނަށް)
– ގޯލް ސެޓިން އެންޑް ލިވިން އަ ޕްރަޑަކްޓިވް އެންޑް ފުލްފިލިންގ ލައިފް
– ޑިޕްރެޝަން އަދި އެންޒައިޓީ އާއި ކުރިމަތި ލައި ކާމިޔާބު ކަމާއި އެކު ދިރިއުޅުން ހިމެނޭ ކަމަށް އެ ކުންފުނިން ހިއްސާ ކޮށްފައިވެއެވެ.

ހަމަ މިއާ އެކު، އެ ކުންފުނިން، އޮފިސްތަކުގެ މުވައްޒަފުންނަށްވެސް ތަމްރީނު ޕްރޮގްރާމްތައް ހިންގައި ދެއެވެ. އެގޮތުން ހިންގައިދޭ ޕްރޮގްރާމް ތަކުގެ ތެރޭގައި،

– ލީޑަރޝިޕް ޑިވެލޮޕްމެންޓް ފޯރ މިޑްލް މެނޭޖަރސް
– އިމޯޝަނަލް ރެސިލިއަންސް ފޯރ ސްޕަވައިޒަރސް
– ޕާރސަނިލިޓީ ޑިވެލޮޕްމެންޓް ޕްރޮގްރާމް ފޯރ އެމްޕްލޯޔީސް
– ޑީކްލަޓަރ ދަ މައިންޑް އެންޑް ލިވް ކޮންފިޑެންޓްލީ
– ފައިނޭންސް ފޯރ ނޮންފައިނޭންސް މެނެޖާރސް
– ހެޕިނެސް އެންޑް އެމްޕްލޯޔީ ވެލްބީންގ
– ކެރިޔަރ ގައިޑެންސް ފޯރ ޔޫތު ހިމެނެއެވެ.

ކެރިއަރ ވިޓަމިން އިންޓަރނޭޝަނަލްގެެ ސީއީއޯ ހައްވާ ޝަހީނާ މުހައްމަދަކީ ޑރ. މާޝަލް ގޯލްޑް ސްމިތުގެ ސަރޓިފައިޑް އެގްޒެކެޓިވް ކޯޗެކެވެ. އަދި ސަރޓިފައިޑް ޓީމް ކޯޗެކެވެ. އަދި އޭނާ އަކީ މެލޭޝިއާގެ ޓީޟް ކޯގު އިންޓަރނޭޝަނަލް އިން ތަމްރީނުވެފައިވާ ސަރޓިފައިޑް ޕްރޮފެޝަނަލް ކޯޗެކެވެ. އަދި ލިވިންގ ވެލިއުސް އެޑިއުކޭޝަން ޓްރެއިނަރެއްގެ އިތުރުން ލައިފް ސްކިލްސް ޓެރެއިނަރެއް ވެސް މެއެވެ.