މާދަމާއިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށް ކަމަށް ހަމަޖައްސައިފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ imuga.immigration.gov.mv ގައި ރަޖިސްޓްރީ ކުރުމުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އަދި މާދަމާ އިން ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަމަށްވެސް ބުނެފައިވެއެވެ.
އިމިގްރޭޝަންގެ މަޤްސަދަކީ ޒަމާނީ ވަސީލަތްތަކާއެކު ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށް ބުނެއެވެ.