Last Updated: March 29, 17:30
Friday, March 29, 2024
ކުޅިވަރު

މީގެ 30 އަހަރު ކުރިން ހުރި ގޮތަށް މިއަދުވެސް މި ހުންނެވީ ލިވަޕޫލްއާއެކު

މީގެ 30 އަހަރު ކުރިން ލިވަޕޫލް އިން އިނގިރޭސި ލީގުގެ ތަށި ކާމިޔާބުކުރި ހުރިގޮތަށް، މިއަދު ވެސް ހުންނެވީ އެ ކްލަބާއެކު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

30 އަހަރަށްފަހު ލިވަޕޫލް އިން ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދިއިރު، ރޭ ލީގުގައި 5-3 އިން ޗެލްސީ ބަލިކުރުމަށްފަހު އެޓީމުން ވަނީ ލީގު ތަށި ރަސްމީކޮށް އުފުލާލާފައެވެ.

ލިވަޕޫލްގެ މި ކާމިޔާބީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެޓީމުގެ ސަޕޯޓަރުުން ފާހަގަކުރަމުންދާއިރު، މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ލިވަޕޫލް އިން ހޯދި ކާމިޔާބީއާ ގުޅިގެން އެޓީމުގެ ކުޅުންތެރިންނާއި ކޯޗުގެ އިތުރުން އޮފިޝަލުންނަށް މަރުހަބާ ވިދާޅުވެފައެވެ.

އަދި މީގެ 30 އަހަރު ކުރިން ހުރިގޮތަށް މިއަދު ވެސް ލިވަޕޫލް އެކު ހުންނެވި ކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.

ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އިން ހޯދިއިރު، މިދިޔަ ސީޒަނުގައި އެޓީމުން ވަނީ ޗެމްޕިއަންސް ލީގާއި، ފީފާ ކްލަބު ވޯލްޑް ކަޕް ހޯދާފައެވެ. އަދި މި ސީޒަން ފެށުމުގެ ކުރިން ކުޅުނު ޔޫއެފާ ސުޕަ ކަޕް ވެސް ހޯދީ ލިވަޕޫލް އިންނެވެ.

ކައިރިކައިރީގައި ގިނަ ކާމިޔާބީތަކެއް ލިވަޕޫލް އިން ހޯދަމުން އަންނައިރު، އަންނަ އާދީއްތަ ދުވަހު ލީގުގައި ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗާއެކު އެޓީމަށް މި ސީޒަން ނިމޭނެއެވެ.