Last Updated: March 29, 17:30
Friday, March 29, 2024
ވިޔަފާރި

އުރީދޫގެ މޫލީން އަގުހުރި އިނާމުތައް ލިބޭ ޑިޖިޓަލް ކާނިވަލެއް ފަށައިފި

މިނިވަން ދުވަހާއި އަޟްޙާ ޢީދުގެ މުނާސަބަތުގައި އުރީދޫގެ އީ-ކޮމާސް ޕެލްޓްފޯމް، "މޫލީ" ން ޑިޖިޓަލް ކާނިވަލެއް ފަށައިފިއެވެ.

އަންނަ މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކާނިވަލް ކުރިއަށް ދާނީ މޫލީގައި އެކަމަށް ހާއްސަ ކޮށްފައިވާ ސެކްޝަނުގަ އެވެ.

އެ ސެކްޝަނުން އުރީދޫ ކަސްޓަމަރުންނަށް އުފާވެރި ކަމާއެކު އީދު ހަދިޔާ ގަނެ، މާލެ، ހުޅުމާލެ އަދި އަތޮޅު ތެރޭގެ ބައެއް ހިސާބުތަކަށް ފޮނުވޭނެއެވެ. އަދި ސްމާޓް ފޯން، އާއި ގޭތެރޭގައި ހިފާގެންގުޅޭ ސާމާނު، ކޮސްމެޓިކްސް އަދި ތުއްތު ކުދިންނަށް ޚާއްޞަ ވާހަކަފޮތުގެ އިތުރުން އެކި އުމުރުފުރާގެ މީހުންނާ ގުޅޭ ތަފާތު ތަކެތި މޫލީ ގެ މޫލީ ކާނިވަލްއިން ލިބޭނެއެވެ.

ޢީދު ހަދިޔާ ފޮނުއްވުމަށް:

1- އުރީދޫ އެޕް މެދުވެރިކޮށް ޝޮޕްއަށް ޒިޔާރަތް ކުރައްވާ: http://ore.do/app

2- މޫލީ ކާނިވަލް ސެކްޝަން ހިޔާރުކުރައްވާ

3- ބޭނުންވާ ހަދިޔާ ހިޔާރުކުރެއްވުމަށްފަހު ކާޓް އަށް އެޑް ކުރައްވާ. އެއަށްފަހު ކާޓްއަށް ގޮސް ޗެކްއައުޓް ކުރައްވާ

4- ހަދިޔާ ފޮނުވަން ބޭނުންވާ އެޑްރެސް ނުވަތަ ޑެލިވަރ ކުރަން ބޭނުންވާ އެޑްރެސް ޖައްސަވާ

5- އޯޑަރ ކަށަވަރު ކުރެއްވުމަށް ޕޭމަންޓް ކޮންފަރމް ކުރައްވާ

މޫލީ ކާނިވަލް އިން ވިޔަފާރި ކުރައްވާ ހުރިހާ ކަސްޓަމަރުން ލަކީޑްރޯއެއްގައި ހިމެނި، ގިވްއަވޭތަކުގެ ނަސީބުވެރިއަކަށް ވުމުގެ ފުރުޞަތު ލިބިގެން ދާނެއެވެ.

ގިވްއަވޭ ޕެކްތައް މޫލީ ގައި މިހާރު ލިސްޓްކުރެވިފައިވާ 18 ބްރޭންޑްއަކުން ވަނީ ހުށައަޅާފައިވާ ކަމަށާއި އޭގެ ތެރޭގައި ތަކެތި، އައި.ޓީ ވޯރލްޑް، ބްރޭންޑްލޫމް، ސީޕްރިޔާ، ޑިންޑިންކޮއެލި، ޑްރީމާރސް މޯލްޑިވްސް، ކޮންފުޑް، ކަނޑުފަޅު، ލެކިއުޓް، ލި ޕާރފިއުމް، ލިންކްސާރވް، ޕެންހޮމް، ރީމެކްސް، ސޭވިއަރސް، ދަ ސްޕޭސް، ވީސްޓޯރ، ހައި ފައިވް އަދި ފުލޯކު ޓޭލްސް ހިމެނޭ ކަމަށް އުރީދޫ އިން ވަނީ ހާމަކޮށްފައެވެ.

މީގެ ތެރެއިން ކޮންމެ ބްރޭންޑަކުން ވެސް ނަސީބުވެރި ފަރާތެއް، އެ ބްރޭންޑަކުން ވިޔަފާރި ކުރާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވިގެންދާނެއެވެ. މި ކާނިވަލް އަށް ކޮންމެ ނެޓްވާރކް އަކުންވެސް ވަދެ ވިޔަފާރިކޮށް، އީދު ހަދިޔާތަކާއިއެކު ޢީދު އުފަލާއި މަޖާ، އާއިލާ އާއި އެކުވެރިންނާއި އެކު ހިއްޞާ ކޮށްލެވޭނެއެވެ.