Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ޒަވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބާސެލޯނާ އަށް ކުރިން ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު ޒަވީ ހަނާންޑޭޒް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަތަރުގެ އަލް ސާދުގެ ކޯޗުކަން ކުރަމުން އަންނަ ޒަވީ ބުނީ ކޮވިޑަށް އޭނާ ޕޮޒިޓިވް ވެފައިވަނީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށެވެ. ނަމަވެސް ބަލިން ރަނގަޅު ވަންދެން އޭނާ ހުންނާނީ އައިސޮލޭޝަނުގައި ކަމަށް ޒަވީ ބުންޏެވެ.

ޒަވީ ކޯޗުކަން ކޮށްދެމުން އަންނަ އަލް ސާދު މިވަގުތު އޮތީ 32 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގައެވެ. ލީގުގައި މިރޭ އަލް ސާދު ކުޅޭ މެޗެއް އޮންނާނެއެވެ.

ގަތަރުން މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ގަތަރުން ވަނީ 164 މީހަކު މިހާތަނަށް މަރުވެފައެވެ.