Last Updated: March 29, 18:55
Friday, March 29, 2024
މުނިފޫހިފިލުވުން

އައިޝްވާރިޔާ އާއި ދަރިފުޅު ކޮވިޑުން ރަނގަޅުވެއްޖެ

ބޮލީވުޑްގެ ކާމިޔާބު ބަތަލާ އައިޝްވާރިޔާ ރާއީ އާއި އޭނާގެ ދަރިފުޅު އާރަދިޔާ ބައްޗަން ކޮވިޑް-19 އިން ރަނގަޅުވުމުން ހޮސްޕިޓަލުން މިއަދު ދޫކޮށްލައިފިއެވެ.

އައިޝްވާރިޔާގެ ފިރިމީހާ އަދި މަޝްހޫރު އެކްޓަރު އަބީޝެކް ބައްޗަން ކުރި ޓްވީޓެއްގައި ބުނީ އައިޝްވާރިޔާ އާއި އާރަދިޔާގެ އެންމެފަހުން ހެދި ޓެސްޓު ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށާއި އެމީހުން މިހާރު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށެވެ.

އައިޝްވާރިޔާ އާއި އާރަދިޔާގެ އިތުރުން އަބީޝެކް އާއި އޭނާގެ ބައްޕަ އަދި ބޮލީވުުޑްގެ ލެޖެންޑު އަމީތާބު ބައްޗަން ވެސް ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަބީޝެކް އާއި އަމީތާބަށް އަދިވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން އަންނަނީ ފަރުވާ ދެމުންނެވެ.

އަމީތާބުގެ އާއިލާގެ ބައެއް މެމްބަރުން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އާމީތާބުގެ އަންހެނުން ޖަޔާ ބައްޗަން ވަނީ ބައްޔަށް ނެގެޓިވް ވެފައެވެ.

ބައެއް މީހުން ޕޮޒިޓިވްވުމާ ގުޅިގެން އަމީތުބުގެ ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ވަނީ ޑިސްއިންފްކެޓް ކޮށްފައެވެ.