Last Updated: April 25, 18:10
Thursday, April 25, 2024
ދުނިޔެ

ޓްރަމްޕްގެ އެޑްވައިޒަރަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޯ ބްރަޔަން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ވައިޓްހައުސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޯ ބްރަޔަން މިހާރު ހުންނެވީ އައިސޮލޭޝަނުގައި ކަމަށާއި މަސައްކަތްތައް ދެން ކުރިއަށް ގެންދަވާނީ ގެއިން ކަމަށެވެ. އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޓްރަމްޕް އާއި އޯ ބްރަޔަން އެންމެފަހުން ބައްދަލުވި ތާރީހެއް ވައިޓްހައުސް އިން ހާމަކޮށްފައިނުވާއިރު، އެ ދެ ބޭފުޅުން އެކުގައި މީގެ ދެ ހަފްތާ ކުރިން މަޔާމީ އަށް ވަނީ ދަތުރުފުޅެއް ކުރައްވާފައެވެ. ޓްރަމްޕް އާއި ބައްދަލުކުރައްވާ ހުރިހާ ބޭފުޅުން ވެސް ގަވާއިދުން އަންނަނީ ކޮވިޑަށް ޓެސްޓު ކުރަމުންނެވެ.

އުމުރުން 54 އަހަރުގެ އޯ ބްރަޔަން އަކީ އެމެރިކާގެ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި އެންމެ އިސް ފަރާތެވެ.

ޓްރަމްޕްގެ ސެކިއުރިޓީ އެޑްވައިޒަރު ކަމާއި އޯ ބްޔަރަން ހަވާލުވެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.