Last Updated: April 20, 18:41
Saturday, April 20, 2024
ޚަބަރު

ދުވާފަރު ފިހާރައަކުން ވަގަށް ނެގި ފައިސާ ހޯދައިފި

ރ. ދުވާފަރު ފިހާރައަކުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދައި ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ދުވާފަރު ފިހާރައަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަަށްބުނެ އިއްޔެގެ ވަގުތެއްގައި ދުވާފަރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން ރޭ 19:40 އެހާކަންހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެއެވެ.

ފިހާރައިން ވަގަށް ނަގާފައިވާ ފައިސާތަކުގެ ތެރެއިން 1050 ރުފިޔާ ހޯދާފައިވާއިރު، މިފައިސާތައް ފެނިފައިވަނީ ހައްޔަރުކޮށްފައިވާ މިހާ އުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް ބެލިބެލިމުން އެފިހާރައިން ވަގަށް ނަގާފައިވަނީ 1900 ރުފިޔާ ކަމަށް ފުލުހުން ހާމަކުރެއެވެ.

މިމައްސަލަ ދުވާފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.